Newsletter
Email:
ދުވަހުގެ ސުވާލު
އީރާންގެ ނިއުކުލިއާ ޕްރޮގްރާމް އީރާންގެ ނިއުކުލިއާ ޕްރޮގްރާމް

ޚަބަރު

image

ނާއިބު ރައީސް ވަކިކުރުމުގެ މައްސަލައިގައި ރައީސްގެ ޚިޔާލުފުޅުހުރި ގޮތް ރައްޔިތުންނަށް އެނގެންޖެހޭނެ-ފައްޔާޒު

2 ޖުލައި 2015 5:23 ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު މަގާމުން ވަކިކުރާއިރު އެކަމާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީންގެ ޚިޔާލުފުޅު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށް ލ. ގަމުދާއިރާގެ މަޖިލިސް މެންބަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ތަފްސީލް
image

ނައިބު ރައީސްކަމުން ވަކި ކުރުމަކީ ބަޣާވާތެއް ކަމަށް ވިދާޅުވެ އެކަން ހުއްޓުވުމަށް ޖަމީލު ގޮވާލައްވައިފި

1 ޖުލައި 2015 13:05 ރައްޔިތުންގެ މަޖިލީހަށް އިތުބާރުނެތްކަމުގެ މައްސަލަ ވައްދައިގެން ނައިބު ރައީސްކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރުމަކީ ބަޣާވާތެއް ގެނައުން ކަމަށް ވިދާޅުވެ އެކަން ހުއްޓުވުމަށް ބައިނަލް އަގުވާމީ މުޖުތަމައަށް ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.
ތަފްސީލް
image

ޑެންގީ ހުން ނުރައްކާތެރި ހިސާބަކަށް ފެތުރެމުންދާތީ ސްކޫލުތަކުގެ ކިޔެވުން ބަންދު ކޮށްފި

30 ޖޫން 2015 15:00 ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ޑެންގީ ހުން ނުރައްކާތެރި ހިސާބަކަށް ދިއުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކިޔެވުން މާދަމާ އިން ފެށިގެން ބަންދު ކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ތަފްސީލް
image

ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

30 ޖޫން 2015 13:21 ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެކަމަށް ބޭނުންވާ އަދަދަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސޮޔާއެކުގަ އެވެ.
ތަފްސީލް
image

އައްޑޫ ސިޓީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް އެމްއާރުޑީސީއާ ޙަވާލުކޮށްފި

11 ޖޫން 2015 16:20 އައްޑޫ ސިޓީގެ ކުނި މެނޭޖުކުރަން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ މިއަދު ޙަވާލުކޮށްފިއެވެ.
ތަފްސީލް
image

އެމްޑީޕީގެ ކެންޑިޑޭޓް ބަލިކުރައްވައި ދިއްގަރުދާއިރާގެ ބައިއިލެކްޝަން ބޮޑުތަފާތަކުން ފާރިޝް ކާމިޔާބު ކޮށްފި

6 ޖޫން 2015 19:22 މިއަދު ބޭއްވި ދިއްގަރުދާއިރާގެ ބައިއިލެކްޝަން ބޮޑުތަފާތަކުން ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝް މައުމޫން ކާމިޔާބު ކުރައްވައިފިއެވެ.
ތަފްސީލް
image

ދިއްގަރު ދާއިރާގެ ބައިއިލެކްޝަންގެ ވޯޓުލުމުގައި މިހާތަނަށް އެއްވެސް ޝަކުވާއެއްނެތް

6 ޖޫން 2015 15:42 ދިއްގަރު ދާއިރާގެ ބައިއިލެކްޝްންގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށް އެބަދެއެވެ. ވޯޓުލާން ފެށިފަހުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ތަފްސީލް
image

އިމްރާން ފަދަ ލީޑަރުން ހައްޔަރު ކުރިޔަސް ސިޔާސީ ހަރަކާތަކަށް ހުއްޓުމެއް ނުގެނެވޭނެ- ޝިފާޒު

5 ޖޫން 2015 13:20 އިމްރާނާއި ޢަލީ ވަޙީދާއި، އަމީން އިބްރާހީމް ފަދަ ސިޔާސީ ލީޑަރުން ޖަލަށް ލިޔަސް ރައީސް ޔާމީނާ ދެކޮޅަށް ހިންގާ ސިޔާސީ ޙަރަކާތަށް ނިމުމެއްނާންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ތަފްސީލް

މުދަލުގެ އަގުބޮޑު ކުރަން އައްޑޫ ފިޔަފާރިވެރިން ފާސްކޮށްފި

31 މޭ 2015 11:44 ކަރަންޓުގެ އަގަށް މާރޗުމަހުން ފެށިގެން ގެނެސްފައިވާ ބަދަލާ ގުޅިގެން އެކަން ޙައްލުވަންދެން އައްޑޫސިޓީގައި ވިއްކާ މުދަލުގެ އަގުބޮަޑުކުރަން އެސިޓީގެ ވިޔަފާރި ވެރިން ނިންމައިފިއެވެ.
ތަފްސީލް
image

ސަދަން އޭރިއާގެ ސިފައިން ފަސްކުރި ދުވުން ޖޫން ހަވަނަ ދުވަހު ބާއްވަނީ

31 މޭ 2015 10:35 ދިވެހި ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ދުވުން (ވަން ޓޫ ތްރީ ރަން) ޖޫންމަހު 6 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.ޖޫން 6 ވަނަ ދުވަހު މިދުވުން ބާއްވަން ނިންމީ ދެފަހަރު މަތިން ފަސްކުރުމަށް ފަހުއެވެ. އެދުވުން ފުރަތަމަ ބާއްވާން ނިންމީ މެއިމަހު 16 ވަނަ ދުވަހުއެވެ. ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ބޭނުގައި މެއި 30 އަށް ލަސް ކުރުމަށްފަހު މިހާރުވަނީ ޖޫން 6 ގައި ބާއްވާ ގޮތަށް ނިންމާފައެވެ.
ތަފްސީލް
first back 11 12 13 14 15 16 17 18 19 20 next last total: 1342 | displaying: 171 - 180