ސަދަން އޭރިއާގެ ސިފައިން ފަސްކުރި ދުވުން ޖޫން ހަވަނަ ދުވަހު ބާއްވަނީ
ދިވެހި ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ދުވުން (ވަން ޓޫ ތްރީ ރަން) ޖޫންމަހު 6 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.ޖޫން 6 ވަނަ ދުވަހު މިދުވުން ބާއްވަން ނިންމީ ދެފަހަރު މަތިން ފަސްކުރުމަށް ފަހުއެވެ. އެދުވުން ފުރަތަމަ ބާއްވާން ނިންމީ މެއިމަހު 16 ވަނަ ދުވަހުއެވެ. ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ބޭނުގައި މެއި 30 އަށް ލަސް ކުރުމަށްފަހު މިހާރުވަނީ ޖޫން 6 ގައި ބާއްވާ ގޮތަށް ނިންމާފައެވެ.
މިދުވުމުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކުގެ ކުދިންނާއި އާންމުންނެވެ. މިދުވުމުގައި އައްޑޫ ހައިސްކޫލުން އެކަނިވެސް 150 ކުދިން ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިއީ ފަސް ކިލޯ މީޓަރަށް ދުވާ ދުވުމެކެވެ. ދުވުން ކުރިއަށްދާނީ ޖޫން 6 ވަނަ ދުވަހު ހަވީރު 4:00-6:00 އަށެވެއްށެވެ.ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އަންނަ ހޮނިހިރު ދުވަހު އައްޑޫގައި ބާއްވަން ނިންމި ދުވުން މި މަހުގެ 30 އަށް ފަސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ދުވުން ފަސް ކުރީ، ވީހާ ވެސް ގިނަ ބަޔަކަށް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
ފަސް ކިލޯ މީޓަރަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ދުވުމުގެ ހަރަކާތް ކުރިއަށް ގެންދާނީ 30މި މަހުގެ ވަނަ ދުވަހު ހަވީރު 4:00-6:00 އަށެވެ.
ދުވުން ފަށާނީ އައްޑޫ ސިޓީ މަރަދޫ ފުޓްބޯޅަ ދަނޑުންނެވެ. ނިންމުމަށް ހަމަޖެހިފައިވަނބީ ފޭދޫ ބޯޅަދަނޑަށެވެ. ދުވާނީ ލިންކު ރޯޑުގައެވެ. ދުވުމުގައި ބައިވެރިވާ މީހުން މަރަދޫ ފުޓުބޯޅަ ދަނޑަށް ގެންދިޔުމުގެ އިންތިޒާމް ސަދަންއޭރިއާގެ ސިފައިން ހަމަޖައްސަވައި ދެއްވާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މަރަދޫ ދަނޑުން ދުވުން ފެށުމަށް ފަހު، ލިންކް ރޯޑަށް ނިކުމެ ދުވުން ނިންމާނީ ފޭދޫ ބޯޅަދަނޑަށެވެ.
މިއީ ސިފައިން އިންތިޒާމު ކުރާ ދުވުމަކަށްވާތީ ސިފައިންނާއ ފުލުހުންނަށް މިދުވުމުގައި ވާދަކުރުމުގެ ފުރުސަތެއް ނޯވެއެވެ. ދުވުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އެމްއެންޑީއެފް ސަދަން އޭރިއާއިންނެވެ.
ކިޔުންތެރިންގެ ހިޔާލު