ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް ގަމުން ހައްޔަރު ކޮށްފި

image ގަމުން ހައްޔަރުކުރި ބައެއް ބިދޭސީން

ގަވާއިދާ ޚިލާފަށް އުޅުނު 62 ބިދޭސީއަކު ހައްދުންމަތީ ގަމުން ހައްޔަރު ކޮށްފިއެވެ.

މިމީހުން ހައްޔަރު ކޮށްފައިވަނީ ގަމު ކައުންސިލާއި ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި އަދި ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނެއް ގައެވެ. މިއޮޕަރޭޝަނުގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ މުޅިންވެސް ބަންގާޅު މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއޮޕަރޭޝަނުގައި ބިދޭސީން އުޅޭ ސައި ހޮޓާތަކާއި،ދަނޑުތަކާއި ، ސައިޓުތައް ފުލުހުންދަނީ ޗެކް ކުރަމުންނެވެ. އިއްޔެ ފެށި އޮޕަރޭޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ.

ގަމު ކައުންސިލްގެ ރައީސްއަހުމަދު ސަލާހް ވިދާޅުވީ މި އޮފަރޭޝަން ސިލްސިލާކޮށް ކުރިއަށް ގެންދަވާނެ ކަމަށްށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ރައްޔިތުންގެ އެއްބާރުލުމާ އެކުގައެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ އޮޕަރޭގައި ހައްޔަރުކުރާ ބިދޭސީން ޖުރިމާނާ ކުރާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް ކުރިއަށްއޮތްތާގައި މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު ގަވާއިދާ ހިލާފަށް ބިދޭސީ މީހުންގެންގުޅޭ ފަރާތްތައް ޖޫރިމަނާ ކުރާނެކަމަށް ސަލާހް ވިދާޅުވިއެވެ.

ގަމުގައި ބިދޭސީން ގެންގުޅޭ މީހަކު ބުނީ " ގަމުކައުންސިލުން ކުރިގޮތް އަޅުގަޑުމެންނަން ގޯސް. ސަބަބަކީ މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ކަމުގެ މައުލޫމާތެއް ރައްޔަތުންނާ ދިނުމެއް ނެތި މިކަން ކުރުން. ހަގީގަތުގައި ވެސް ގަމުން ވޯކްޕާމިޓް ކާޑާއި ދެން މިހެން ގޮސް ބިދޭސީން ގެކަންކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތް. ގިނަ އަދެދެއްގެ ބިދޭސީން ގަމުންހައްޔަރު ކުރުމަ ގަމުގެ ވިޔަފާރި ކުރާ މީހުންނަން ލިބިގެންދާނެ ގެއްލުން މާ ބޮޑުވާނެ،"އެމީހާ ބުންޏެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު comment

ސަމަރޭ_ގަން
Thumbs Up Thumbs Down
0
avatar
ގަމު ކައުންސިލްގެ މަސައްކަތްތައް މިހާރު ފެންނަމުން ދަނީ މީޑިއާގެ ސަމާލުކަމަށް ކަންކަން ގެންނަން. ރައްޔިތުންގެ ފައިދާާއާއި ލާބައަށް ކަމެއް ކުރާކަށް ބޭނުމެއް ނުވޭ.
ރަށުގައިހުރި އިޖްތިމާއީ ކަންކަން ރަނގަޅު ކުރާކަށް ބޭނުމެއްނުވޭ. ރައްޔިތުންނަށް އާމްދަނީ ލިބެމުންދިޔަ ވަސީލަތްތައް ރަނގަޅުކުރާކަށް ބޭނުމެއް ނުވޭ. ރައްޔިތުންގެ ގެސްޓްހައުސް، ރައްޔިތުންގެ ހޮޓާ، މިހާރު ވީތަނެއްވެސް ނޭނގޭ.
ރައްޔިތުންގެ އެކުންޓްގައި ހުރީ ކިހާ ފައިސާއެއްތޯވެސް ބެލުމެއްނެތް. ރައްޔިިތުންނަށް އެކަންކަން ހިއްސާއެއް ނުކުރޭ.....!
22 ޖޫން 2014 11:09
މުކޮސް
Thumbs Up Thumbs Down
0
avatar
ސަމަރޭ-ގަން.... ސަމަރެއަށް އެނގިލައްވާތޯ ގަމުކައުންސިލުން ބޭނުންނުވާކަންކަން...؟؟؟ ވަސީލަތްތައް ރަނގަޅުކުރަން ކުރާމަސައްކަތުގެ މަޢުލޫމާތު ހޯއްދަވާ ސަމަރޭ... ރައްޔިތުންނާ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްފި... ފާޑު ކިޔަންޖެހޭނެ. އެކަމަކު ތެދު މަޢުލޫމާތު ހޯދައިގެން މެނުވީ ރަނގަޅު ފާޑެއް ނުކިޔޭނެ.. ލަވަ ބައިތު ތައް ނުބައި ރޯ ބުހުތާނު ކޮށްހަދާ ރޭޑިއޯ ޕްރޮގްރާމްތަކަށް ފޮނުވާހެން މަޢުލޫމާތެއްނެތި ފާޑުކިއީމަވެސް ހަމަ ނުބައި ދޮގު ހެދޭނީ... ލޮލް
23 ޖޫން 2014 14:42
total : 2 | displaying : 1 - 2
advertisement
ޓެގްސް