މުދަލުގެ އަގުބޮޑު ކުރަން އައްޑޫ ފިޔަފާރިވެރިން ފާސްކޮށްފި

ކަރަންޓުގެ އަގަށް މާރޗުމަހުން ފެށިގެން ގެނެސްފައިވާ ބަދަލާ ގުޅިގެން އެކަން ޙައްލުވަންދެން އައްޑޫސިޓީގައި ވިއްކާ މުދަލުގެ އަގުބޮަޑުކުރަން އެސިޓީގެ ވިޔަފާރި ވެރިން ނިންމައިފިއެވެ.

މިކަމަށް ގޮތެއް ނިންމުމަށް ޝަރަފުއްދީން ސްކޫލުގައި ރޭ ބޭއްވި ވޯޓުލުމުގައި ވިޔަފާރިވެރިންވަނީ ފިނިކޮށްގެން ވިއްކާ ކާބޯ ތަކެތިން 30 އިންސައްތަ އަގުބޮޑުކުރަން ނިންމާފައެވެ. އަދި އެެހެނިހެން މުދަލުން 5 އިންސައްތަ ބޮޑުކުރަން ނިންމާފައެވެ.

އޭގެ އިތުރަށް ވިޔަފާރިތައް ރޭގަނޑު ނުހުޅުވާ ގޮތަށްވެސް ފާސްކޮށްފައިވެއެވެ. އެގޮތުން ވިޔަފާރިތައް ހެނދުނު 6:00 ގައި ހުޅުވުމަށްފަހުން ބަންދުކުރާނެ ގަޑިއެއް ކަމަށް ނިންމާފައިވަނީ ހަވީރު 6:00 އެވެ. މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 145 މީހުންގެ ތެރެއިން 135 މީހުން ތާއިދުކޮށްގެންނެވެ. ހޮޓާ ރެސްޓޯރެންޓް ކެފޭ ފަދަތަންތަންވެސް ރޭގަނޑު 11:00 ގައި ބަންދުކުރާ ގޮތަށްވަނީ ފާސްކޮށްފައެވެ. ވަޑާންގެއާއި ގަރާޖުފަދަ ތަންތަންވެސް ހަވީރު 6:00 ގެ ފަހުން ނުހުޅުވާ ގޮތަށް ވަނީ ފާސްކޮށްފައެވެ. ޕެޓްރޯލް ޝެޑުތައްވެސް ރޭގަނޑު 9:00 ގައި ބަންދުކުރާ ގޮތަށްވަނީ ފާސްކޮށްފައެވެ.

ވިޔަފާރިވެރިން މިގޮތަށް ނިންމީ ކަރަންޓްބިލް ދެގުނައަށް ފެނަކައިން ބޮޑު ކުރުމުންނެވެ. މިބަދަލާއެކު ކުރިން ދެމުން ގެންދިޔަ ޑިސްކައުންޓްވެސް ދެން ނުލިބޭނެއެވެ. މިކަން އެނގޭނެ ގޮތަށް ލިޔުމެއް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފެންނާނެހެން ފިހާރަތަކުގައި ބެހެއްޓުމަށްވެސް ރޭވަނީ ފާސްކޮށްފައެވެ. މިނިންމުންތައް ތަންފީޒު ކުރަން ފަށާނީ މިކަމާ ގުޅޭގޮތުން ހުޅުދުއާއި، މީދޫގެ ވިޔަފާރިވެރިންގެ ބަހެއް ހޯދުމަށްފަހުއެވެ. އެދެރަށުގެ ވިޔަފާރިވެރިންގެ ޚިޔާލް ހޯދުމަށް ވޯޓުލުން ބާއްވާނެ ދުވަހެއް އެނގިފައެއް ނުވެއެވެ.

އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ޞާދިޤު ވިދާޅުވީ ވިޔަފާރިވެރިން އެދިގެން ނިންމާ މިފަދަ ނިންމުންތަކަށް ކައުންސިލުން އެއްބާރުލުން ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް