Newsletter
Email:
ދުވަހުގެ ސުވާލު
އީރާންގެ ނިއުކުލިއާ ޕްރޮގްރާމް އީރާންގެ ނިއުކުލިއާ ޕްރޮގްރާމް

ޚަބަރު

image

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ ހަމަޖައްސައިފި

1 ސެޕްޓެމްބަރ 2015 7:53 ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ހަމަޖައްސައިފި އެވެ.
ތަފްސީލް
image

އަޒުފާ ނިޔާވި ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައިފި

31 އޯގަސްޓް 2015 15:45 އަންގާރަ ދުވަހުގެރޭ މާފަންނު ޢިއްޒުއްދީން މަގު 392 ވަނަ ކޮށީ ކައިރީ ހިނގި ހިތާމަވެރި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތައް ލިބި، އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ސ. ހިތަދޫ ލިލަކް 24 އަހަރުގެ އަޒުފާ ޒުހައިރު ނިޔާވި މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
ތަފްސީލް
image

ރައީސް ޔާމީނާއި ނައިބުރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދޭ ވީޑިއޯއެއް އާއްމުކޮށްފި

31 އޯގަސްޓް 2015 18:40 ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ދޫކޮއްލުމަށް ގޮވާލައި 30 ދުވަހުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ ރައީސް އަބުދުﷲ ޔާމީނާއި ނާއިބު ރައީސް އަހުމަދު އަދީބު މަރާލުމަށާއި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްދީ ބޮން ގޮއްވާނެ ކަމުގެ އިންޒާރުދޭ ވީޑިއޯއެއް ޔޫޓިއުބުގައި އާއްމުކޮށްފި އެވެ.
ތަފްސީލް
image

ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ހުށަހެޅިބިލް ބޭރު ކޮށްލައިފި

27 އޯގަސްޓް 2015 14:50 ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ކަނޑައެޅުމަށް ޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.
ތަފްސީލް
image

ބިމާބެހޭ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަޞްދީޤު ކުރައްވައިފި

27 އޯގަސްޓް 2015 0:35 މި އޮގަސްޓް މަހުގެ 24ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
ތަފްސީލް
image

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް މޫސާ އަލީ ކަލޭފާނު ޢައްޔަން ކުރައްވައިފި

27 އޯގަސްޓް 2015 17:29 ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި، މާޅޮސްމަޑުލު އުތުރުބުރީ ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ ޢަލީކަލޭފާނު، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ތަފްސީލް

ޖޭއެސްސީގެ މެންބަރު ކަމަށް ސިވިލް ސަރވިސް ކޮމިޝަންގ ރައީސް ޑޮކްޓަރ ޝަމީމް، ހަމަޖައްސަވައިފި

27 އޯގަސްޓް 2015 12:14 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޑޮކްޓަރ ޢަލީ ޝަމީމް، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.
ތަފްސީލް
image

ފަސޭހަ މަދަދު ލޯނު ޕްރޮގްރާމް އިފްތިތާޙު ކޮށްފި

24 އޯގަސްޓް 2015 9:25 ފަސޭހަ މަދަދު ލޯނު ޕްރޮގްރާމް ރަސްމީކޮށް ރޭ އިފްތިތާޙު ކޮށްފި އެވެ.
ތަފްސީލް
image

ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް: ރައީސް ޔާމީން

23 އޯގަސްޓް 2015 23:45 މިދިޔަ އަންގާރަދުވަހު އިންޑިޔާގެ ބެންގަލޫރުގައި އަވަހާރަވި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތަފްސީލް
image

ރެޑް އެންޑް ގްރީން ޗެނެލް އެއާޕޯޓުގައި، ތައާރަފްކޮށްފި

23 އޯގަސްޓް 2015 23:16 ޤައުމަށް އެތެރެވާ ފަސިންޖަރުން ގެންނަ ދާގީނާ ކަސްޓަމްސްއިން ދޫކުރުމުގައި ބޭނުންކުރާ ނިޒާމު "ރެޑް އެންޑް ގްރީން ޗެނެލް"، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި، ތައާރަފްކޮށްފި އެވެ.
ތަފްސީލް
first back 11 12 13 14 15 16 17 18 19 20 next last total: 1342 | displaying: 131 - 140