ރައީސް ޔާމީނާއި ނައިބުރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދޭ ވީޑިއޯއެއް އާއްމުކޮށްފި
ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ދޫކޮއްލުމަށް ގޮވާލައި 30 ދުވަހުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ ރައީސް އަބުދުﷲ ޔާމީނާއި ނާއިބު ރައީސް އަހުމަދު އަދީބު މަރާލުމަށާއި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްދީ ބޮން ގޮއްވާނެ ކަމުގެ އިންޒާރުދޭ ވީޑިއޯއެއް ޔޫޓިއުބުގައި އާއްމުކޮށްފި އެވެ.
ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ދޫކޮއްލުމަށް ގޮވާލައި 30 ދުވަހުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ ރައީސް އަބުދުﷲ ޔާމީނާއި ނާއިބު ރައީސް އަހުމަދު އަދީބު މަރާލުމަށާއި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްދީ ބޮން ގޮއްވާނެ ކަމުގެ އިންޒާރުދޭ ވީޑިއޯއެއް ޔޫޓިއުބުގައި އާއްމުކޮށްފި އެވެ.
މެދު އިރުމަތީގައި ބާރުގަދަ ކުރަމުންއަންނަ ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓްސް “އައިއެސް” ޖަމާއަތުގެ ނަމުގައި ދީވައިވާ މި އިންޒާރުގައި ސަންދާނު ލުތުފީއަށް އުނދަގޫ ނުކުރުމަށްވެސް ވަނީ ގޮވައިލައިފަ އެވެ.
މި ވީޑިއޯ އިންޒާރުގައި މޫނުނިވާކޮށްގެން ހަތިޔާރު ހިފައިގެންތިބި ތިންމީހުންގެ ތެރެއިން މެދަންއިންމީހާ ދިވެހިބަހުން ވާހަކަ ދައްކައި އެ އިންޒާރު ދެމުން ބުނެފައިވަނީ ޝެއިހް އިމްރާން ދޫކޮށްލުމަށާއި އެހެނިހެން ދެ ކަންތައް ހިމެނޭގޮތަށް އެމީހުން ހުށަހަޅާފައިވާ ޝަރުތުތައް 30 ދުވަހުގެ ތެރޭގައި ފުރިހަމަ ނުކޮށްފިނަމަ ހަނދާންނައްތާނުލެވޭވަރުގެ ގެއްލުމެއް ދޭނެ ކަމަށެވެ.
“ދިވެހި ރާއްޖޭގެ ސަރުކާރަށާއި ދިވެހި ރާއްޖެ ހިންގުމާ ހަވާލުވެ ހުންނެވި، އަބުދުއްﷲ ޔާމީނާއި ނާއިބު ރައީސް އަހުމަދު އަދީބަށް ބުނެލަން އޮތީ، ކަލޭމެން ސަންދާނު ލުތުފީއަށް ސުވިޒަލެންޑްގައި ކުރަމުންތިޔަ ގެންދާ ގޯނާތައް މިހާރުން މިހާރަށް ހުއްޓާލުމަށާއި، އަދި އޭނާ ރާއްޖެ ގެނައުމަށް ތިޔަ ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލައި އޭނާގެ ކަންތައް ދޫކޮށްލުމަށާއި އޭނާއަށް އެއްވެސް ގޯނާއެއް ޝަރުތެއްނެތި ނުުރުމަށާއި، އެއްވެސް ޝަރުތެއްނެތި ހުއްޓާލުމަށާއި، މިކަންތައްތައް ކަލޭމެން ނުކޮށްފިނަމަ ކަލޭމެންނަށް ވަރުގަދަވެގެންވާ ހަމަލާއެއް ނުވަތަ އުގޫބާތެއް އަހަރެމެންގެ ފަރާތުން އައިސްދާނެކަމުގެ ބިރުވެރި އިންޒާރެއްމީ، އަދި ކަލޭމެން ޝެއިހް އިމްރާން ހައްޔަރުކޮށްގެން ޖަލުގައި އޭނާ ތި ގެންގުޅޭ ގެންގުޅުމާއި އެއްވެސް ކުށެއްނެތި އޭނާއަށް ތިކުރާ އަނިޔާތައް މިހާރުން މިހާރަށް އެއްވެސް ޝަރުތެއްނެތި އެއްވެސް ސަބަބެއްނެތި ހުއްޓާލުމަށް. އަދި ހުއްޓައި ނުލައިފިކަމުގައިވާނަމަ ކަލޭމެން ދެމީހުންގެ ފުރާނައަށް ނުަރއްކާ، އަހުމަދު އަދީބާއި އަބުދުﷲ ހާމީނުގެ ފުރާނައަށް ނުރައްކާ ވާފަދަ ހަމަލާތަކެއް އަހަރެމެންގެ ފަރާތުން ފަށާކަމުގެ ވަރުގަދަވެގެންވާ އިންޒާރެއްމީ އަދި ޝެއިހު އިމްރާން މިއަދުން މިއަދަށް ދޫކޮށްލުމަށާއި، ޝެއިހް އިމްރާން ޖަލުގައި ހައްޔަރު ކޮށްފައި ނުބެހެއްޓުމަށް އަހަރެމެންގެ ފަރާތުން ގޮވައިލާ ގޮވާލުމެއްމީ. އަދި ކަލޭމެން ޓެރަރިޒަމްގެ ބިލު މަޖިލީހަށް ލައިގެން ތިފާސްކުރާ ފާސްކުރުމާއި އަހުންނާއި އުހުތުންނަށް ގޯނާކުރަން ތިކުރާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް. އަދި ހުއްޓާނުލައިފިނަމަ ދިވެހިރާއްޖޭގެ އިގްތިސާދަސް ވަރުގަދަވެގެންވާ އިންޒާރެއް އަހަރެމްނެގެ ފަރާތުން ދޭނެކަން. އަދި ކަލޭމެން އެއަށްޓަކާ ޑިޕެންޑްވާ ރިސޯޓްތައް އަހަރެމެން ފުނޑުފުނޑުކޮށްލައި އެތަންތަން އެ ރިސޯޓްތައް އަޑިއަށްދުވާލާވަރުގެ ހަމަލާތަކާއި ގޮއްވުންތައް އެތަންނާ ފަށާނެކަމުގެ އިންޒާރެއް. އެހެންވީމާ ކަލޭމެންނަށް މިދިނީ މިއަދުން ފައްޓައިގެން 30 ދުވަހުގެ މުހުލަތެއް. އެ ތިރީސް ދުވަހުގެ ތެރޭގައި ކަލޭމެން މި ބުނި ތިން ޝަރުތު އަހަރެމެންގެ ކިބައިން ގަބޫލު ނުކޮށްފިނަމަ އަހަރެމެންގެ ފަރާތުން އުގޫބާތްތައް ކަލޭމެންނަށް ފަށާނެކަމުގެ އިންޒާރެއް. އަދި މިކަމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް ޔަމީނާއި ނައިބުރައީސް އަހުމަދު އަދީބުކަން ކަލޭމެން ދެމީހުންނަށް ހަނދާންކޮށްދެން. އަދި މިކަމުގައި ދިވެހި ރާއްޖޭގެ ރައްޔިތަކަށްލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ކަލޭމެން ދެމީހުން އުފުލަންޖެހޭނެ. ކަލޭމެން ދެމީހުން މިބުނިކަންތައް އަޑުނާހައި މިބުނި ކަންތައްނުކޮށްދީފިނަމަ މިކަމުގެ ހިތާމަ ކަލޭމެން ދެމީހުންގެ ބޮލުގައި އަޅުވައި ދިވެހި ރާއްޖޭން މަރުވާ ކޮންމެ ރައްޔިތެއްގެ މަރުގެ ދިޔަވެސް ކަލޭމެން ދޭންޖެހޭނެ. އަދި އެމަރުވާ ކޮންމެ މީހެއްގެ މަރުގެ ޒިންމާވެސް ކަލޭމެން އުފުލަން ޖެހޭނެ. މިކަން ކަލޭމެން ދެމީހުންނށް ހަނދާކޮށްދީ ނަސޭހަތްތެރިވަން. އަދި މިކަމުން ކަލޭމެންރައްކާތެރިނުވެ ދުރު ނުވެއްޖެނަމަ ކަލޭމެން ހަނދާނުން ނުފިލާވަރުގެ ވަރުގަދަ އުގޫބާތްތައް އަހަރެމެންގެ ފަރާތުން ދޭނެކަމުގެ އިންޒާރެއްމީ” އެމީހުންގެ އިންޒާރުގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު