ނައިބު ރައީސްކަމުން ވަކި ކުރުމަކީ ބަޣާވާތެއް ކަމަށް ވިދާޅުވެ އެކަން ހުއްޓުވުމަށް ޖަމީލު ގޮވާލައްވައިފި
ރައްޔިތުންގެ މަޖިލީހަށް އިތުބާރުނެތްކަމުގެ މައްސަލަ ވައްދައިގެން ނައިބު ރައީސްކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރުމަކީ ބަޣާވާތެއް ގެނައުން ކަމަށް ވިދާޅުވެ އެކަން ހުއްޓުވުމަށް ބައިނަލް އަގުވާމީ މުޖުތަމައަށް ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިތުބާރުނެތްކަމުގެ މައްސަލަ ވައްދައިގެން ނައިބު ރައީސްކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރުމަކީ ބަޣާވާތެއް ގެނައުން ކަމަށް ވިދާޅުވެ އެކަން ހުއްޓުވުމަށް ބައިނަލް އަގުވާމީ މުޖުތަމައަށް ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.
"ދަ ނިއު އިންޑިއަން އެކްސްޕްރެސް" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށްފަހު، ޖަމީލުގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި، އެމަނިކުފާނު ވިދާޅުވީ، އެކަމަކީ "ގާނޫނު އަސާސީގެ ތެރެއިން ގެންނަ ބަޣާވާތެއް" ކަމަށެވެ. އަދި އެކަންތައް ހުއްޓުވުމަށް އިންޑިއާ އިން އެހީތެރި ވެދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި ކުރިއަށް ގެންދަވާ ހަރަކާތަކީ ބަޣާވާތެއް ކަމަށާއި އެކަންތައް ހުއްޓުވަން އެކުވެރި އިންޑިއާ އިން މަސައްކަތް ކުރަން ޖެހޭ ސަބަބަކީ އިންޑިއާ އަށް ރާއްޖޭގެ ހާލަތު ރަނގަޅަށް އެނގޭތީ ކަމަށެވެ.
ޖަމީލު ވިދާޅުވީ އެމަނިކުފާނު މަގާމުން ވަކި ކުރުމަށް ކުރަމުންދާ ކަންތައްތަކަކީ ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަން ޖެހޭ އުސޫލުތަކާ ދެކޮޅަށް ކުރާ ކަންތައްކެއް ކަމަށާއި އެއީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނައިބު ރައީސްކަމުގެ މަގާމަށް އިސްކުރުމަށް ކުރައްވާ ކަންތައްތަކެއް ކަމަށެވެ. އަދި އެއީ ޒާތީ ހަސަދައެއް އޮތުމުން ސަރުކާރުން ކުރާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
އެ މަނިކުފާނު މަގާމުން ވަކިކުރަނީ ޒިންމާ އަދާނުކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތުހުމަތު ކުރެއްވި ކަމުގައިވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އެއްވެސް ޝަކުވާއެއް ކުރައްވާފައި ނުވާ ކަމަށް ޖަމީލު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން އިތުބާރުނެތްކަމުގެ ވޯޓެއް ނަގައިގެން ނާއިބުރައީސްކަމުގެ މަގާމުން ޖަމީލު ވަކި ކުރުމަށްޓަކައި އެ މައްސަލަ އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. ޖަމީލުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ 57 މެންބަރުންގެ ވޯޓު ބޭނުންވާއިރު އިއްޔެ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 61 މެންބަރުންގެ ސޮޔާއެކުގަ އެވެ.
ކިޔުންތެރިންގެ ހިޔާލު