Newsletter
Email:
ދުވަހުގެ ސުވާލު
އީރާންގެ ނިއުކުލިއާ ޕްރޮގްރާމް އީރާންގެ ނިއުކުލިއާ ޕްރޮގްރާމް

ކުޅިވަރު

image

ލަޔަންސް އަތުން ބަލިވެ ފައިނަލުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ނިއުއަށް ގެއްލިއްޖެ

24 ޖެނުއަރީ 2015 19:42 މާލޭގައި މިހާރު ކުރިއަށްދާ ޕީޕަލްސް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ކަޕް (ޕީޕަސް ކަޕް) ގައި މިއަދު ހަވީރު ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް (ލަޔަންސް) އަތުން 1-3 އިން ބަލިވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ނިއުރޭޑިއަންޓަށް ގެއްލިއްޖެއެވެ.
ތަފްސީލް
image

ރައީސްގެ އެދިވަޑައިގަތުމަށް "ޕޮމިސް" ކަޕުގެ ނަން ބަދަލުކޮށްފި

19 ޖެނުއަރީ 2015 21:28 ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން "ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް" ކަޕުގެ ނަން "ޕީޕަލްސް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް" ކަޕަށް ނަން ބަދަލުކޮށްފައެވެ.
ތަފްސީލް
image

މިނިވަން ރަންޔޫބިލްއާ ގުޅުވައިގެން ވަރުގަދަ ފުޓްބޯޅަ މުބާރާތެއް ރައީސް ބާއްވަވަނީ

19 ޖެނުއަރީ 2015 21:20 ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިއަހަރުގެ ޖުލައި 26 ގެ ފަހުން ގައުމީ ޓީމުތައް ބައިވެރިކޮށް ވަރުގަދަ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނިންމަވައިފިއެވެ.
ތަފްސީލް
image

ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންގެ ޗުއްޓީއާއި މުސާރަ ކެނޑިގެންނުވާނެ- ރައީސް

7 ޖެނުއަރީ 2015 13:52 ރާއްޖޭގެ ގައުމީޓީމުތަކުގައި ހިމެނިގެން ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލް ކުރަމުންދާ ކުޅުންތެރިން ބޭރުގައި ހޭދަ ކުރާ ދުވަސްވަރަކީ އެކުޅުންތެރިންގެ ޗުއްޓީކަމަށް ނުބެލެވޭނެ ކަމަށާއި އަދި އެކަމަކީ ކުޅުންތެރިންގެ މުސާރައިންވެސް ކެނޑޭނެ ކަމެއް ކަމަށް ބެލެވިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ތަފްސީލް
image

ރިޒްވާނުގެ ހެޓްރިކުން ކުނބުރުދޫ ބަލިކޮށް ދިއްފުށި ފައިނަލަށް

5 ޖެނުއަރީ 2015 18:32 އެފްއޭއެމް ޒޯން ހަތަރެއްގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކެޕްޓަން އަހުމަދު ރިޒްވާނުގެ ހެޓްރިކާއެކު އދ.ކުނބުރުދޫ 3-4 އިން ބަލިކޮށް މާލެ އަތޮޅު ދިއްފުށި ފައިނަލުން ޖާގަ ހޯދައިފިއެވެ.
ތަފްސީލް
image

މިޔަންމާ ކްލަބަކަށް ބަކާ ސޮއި ކޮށްފި

3 ޖެނުއަރީ 2015 18:09 ރާއްޖޭ ގައުމީ ޓީމުގެ އިތުބާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެއްއަހަރުގެ އެއްބަސްވުމެއްގެ ދަށުން މިޔަންމާގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ ކަންބައުޒާ އެފްސީ (ކޭބީޒެޑް) އަށް ސޮއި ކޮށްފިއެވެ.
ތަފްސީލް
image

ދަގަނޑޭ ކުޅެމުން އަންނަ ޕީޑީއާރުއެމް ޕޮމިސް ކަޕުގައި ވާދަކުރަން ނިންމައިފި

1 ޖެނުއަރީ 2015 0:09 މިމަހުގެ 28-22 ށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ކަޕް ސޮކާ ކަޕް (ޕޮމިސް ކަޕް) ގައި ވާދަކުރުމަށް، ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިޔާގެ ޕީޑީއާރުއެމްއިން ނިންމައިފިއެވެ.
ތަފްސީލް
image

ޕޮމިސް ކަޕަށް ދަގަނޑޭގެ ކްލަބު ގެނެވޭތޯ ބަލަނީ

28 ޑިސެމްބަރ 2014 18:34 ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިޔާގެ ޕީޑީއާރުއެމް، ކުރިއަށް އޮތް ޖެނުއަރީ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތަށް ގެނައުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މަސައްކަތް ކުރަން ފަށައިފިއެވެ.
ތަފްސީލް
image

ނިއުރޭޑިއަންޓަށް ބްރެޒިލް ފޯވާޑެއް

27 ޑިސެމްބަރ 2014 15:02 ކުރިން އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުޅުނު ބްރެޒިލްގެ ހުނަރުވެރި ފޯވާޑް އެވަޓަން ސްއާޒޯ ސަންތޯސް (ސަންތޯސް) ނިއުރޭޑިއަންޓަށް ސޮއި ކޮށްފިއެވެ.
ތަފްސީލް
image

އިމްރާން އާއި އާއްކޮ އަދި ބޮކުރީ މާޒިޔާއަށް ސޮއި ކޮށްފި

25 ޑިސެމްބަރ 2014 21:45 ފާއިތުވެދިޔަ ތިން އަހަރު ނިއުރޭޑިއަންޓުގެ ގޯލު ބެލެހެއްޓި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު އެކްލަބު ދޫކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އިއްޔެ ސޮއި ކޮށްފިއެވެ.
ތަފްސީލް
back 1 2 3 4 5 6 7 8 9 next total: 84 | displaying: 21 - 30