މިނިވަން ރަންޔޫބިލްއާ ގުޅުވައިގެން ވަރުގަދަ ފުޓްބޯޅަ މުބާރާތެއް ރައީސް ބާއްވަވަނީ

image ގައުމީ ޓިމުތައް ބައިވެރިކޮށް ރާއްޖޭގައި ރާއްޖެއިން ބޭއްވި ފުރަތަމަ މުބާރާތުގައި އިންޑިޔާއާ ދެކޮޅަށް އަލީ އުމަރު ކުޅެނީ

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިއަހަރުގެ ޖުލައި 26 ގެ ފަހުން ގައުމީ ޓީމުތައް ބައިވެރިކޮށް ވަރުގަދަ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނިންމަވައިފިއެވެ.

މިކަން ހާމަކުރީ އަންނަ ބްރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ޕީޕަލްސް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް" ނުވަތަ ޕޮމިސް ކަޕުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބެވެ.

"ރާއްޖޭގެ ފަންސާސް ވަނަ މިނިވަންދުވަހާއި ގުޅުވައިގެން، ގައުމީ ޓީމުތައް ބައިވެރިކޮށްގެން ޖުލައި 26 ގެ ފަހުން ރައީސް އިންވިޓޭޝަނަލް ކަޕް ބޭއްވުމަށް ވަނީ ނިންމަވާފައި" ޕޮމިސް ކަޕުގެ ޗެއާމަންކަން ކުރައްވަމުން އަންނަ އަދީބު ވިދާޅުވިއެވެ.

ގައުމީ ޓީމުތައް ބައިވެރިކޮށްގެން ރާއްޖޭގައި ފުޓްބޯޅަ މުބާރާތެއް ސަރުކާރުން ބާއްވާފައި ވަނީ ހަމައެކަނި 2000 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވި މުބާރާތެކެވެ. ރާއްޖެ ބަލިކޮށް އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ އަވަށްޓެރި ސްރީލަންކާއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement