ޕޮމިސް ކަޕަށް ދަގަނޑޭގެ ކްލަބު ގެނެވޭތޯ ބަލަނީ
ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިޔާގެ ޕީޑީއާރުއެމް، ކުރިއަށް އޮތް ޖެނުއަރީ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތަށް ގެނައުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މަސައްކަތް ކުރަން ފަށައިފިއެވެ.
އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ޕީޑީއާރުއެމްއަށް ޕޮމިސް ކަޕުގައި ބައިވެރިވުމުގެ ދައުވަތު ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް މުބާރާތުގައި އެކްލަބު ބައިވެރިވާނެކަން ނުވަތަ ނުވާނެކަން އަދި އަންގާފައި ނުވާކަމަށެވެ.
ނިމިގެންދިޔަ ސީޒަނުގައި މެލެޝިޔާގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައެވެ. މެލޭޝިޔާގެ ފުރަތަމަ ޑިވިޝަން ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ޕޮމިސް ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 22-28 ށެވެ.
ޕީޑީއާރުއެމްގެ އިތުރުން އެފްއޭއެމްއިން ދައުވަތު ފޮނުވާފައި ވަނީ މެލޭޝިޔާގެ ބައެއް ކްލަބުތަކަށާއި ބަހްރޭނާއި ތަޖަކިސްތާނާއި ކުވައިތުގެ ބައެއް ކްލަބުތަކަށެވެ. މީގެ އިތުރުން ސިންގަރޫގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ބައިވެރި ކުރުމަށްވެސް އެފްއޭއެމް ދަނީ މަަސައްކަތް ކުރަމުންނެވެ.
ޕޮމިސް ކަޕް އެންމެފަހުން ބާއްވާފައި ވަނީ 2003 ވަނަ އަހަރުއެވެ. އެފަހަރު ވެލެންސިޔާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އިންޑިޔާގެ މަހިންދްެެރަ ޔުނައިޓެޑެވެ.
މިފަހަރުގެ ޕޮމިސް ކަޕުގައި ރާއްޖެއިން ވާދަކުރާނީ ނިއުރޭޑިއަންޓާއި މާޒިޔާ އަދި އީގަލްސްއެވެ. ރާއްޖެއިން ބޭރުން ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ ދެކްލަބެވެ.
ކިޔުންތެރިންގެ ހިޔާލު