މޯލްޑިވިއަންގެ ދަތުރުތައް ގަމުން ކޮޅުނބަށް ފަށައިފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާގެ ވެރިރަށް ކޮޅުނބަށްރޭ ފަށައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭބޭއްވި ރަސްމިއްޔާތުގައި މިދަތުރުތައް ރަސްމީކޮށް ފަށްޓަވައި ދެއްވީ ޑިފެންސްމިނިސްޓަރ މުހައްމަދު ނާޒިމެވެ.

ގަމުން ކޮޅުނބަށް ދަތުރުތައް ފަށައިފައިވަނީ ރޭ7.45 ގައެވެ.

ރޭގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ނާޒިމްގެ އިތުރަށް ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގަމުން ކޮޅުބަށް ދިޔަ ފުރަތަމަފްލައިޓުގައި މިނިސްޓަރ އަމީން ވަޑައިގެންނެވިއެވެ.

 ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހާއިހޯމަ ދުވަހު މޯލްޑިވިއަންގެ ދަތުރުތައް ގަމުން ކޮލަމްބޯ އަށްކުރާނެ ކަމަށް އައިލެންޑްއޭވިއޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

މިދަތުރު ތަކުގައި އެއްކޮޅު ޓިކެޓުގެއަގަކީ 149 ޑޮލަރެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 269 ޑޮލަރު ކަމަށް އައިލެންޑްއޭވިއޭޝަނުންވަނީ ހާމަ ކުރައްވާފައެވެ.

އައިލެންޑްއޭވިއެޝަނުންހާމަ ކުރައްވާފައިވާ ގޮތުގައި މިދަތުރުތައް ކުރާނީ ފުވައްމުލަކާއި،ގދ. އަތޮޅުން ކޮޅުނބަށްދާން ބޭނުންވާ މީހުންނަށްވެސް ދެވޭގޮތަށް ކަނެކްޝަން ދީންގެންނެވެ. މިހެން ހެދުމުން މާލެ އައިސް ލަންކާއަށް ދާން ކުރަން ޖެހޭ ހޭދަ ކުޑަކުރެވޭނެ ކަމަށްވެސް އެކުންފުނިން ހާމަ ކުރައްވާ ފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :