ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފި
އަންނަ ހޮނިހިރުދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ވަމުންދާއިރު ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފިއެވެ.
ޕީޕީއެމް ، ޖުމްހުރީ ޕާޓީން ސޮއިކުރަން ފަށާފައިވަނީ ރައީސް އޮފީހުގައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލު ވުމަށްފަހުގައެވެ. މިބައްދަލުވުމުގެ ކުރިން އެމްޑީޕީންވަނީ ލިސްޓުގައި ސޮއިކުރަން ފަށައފައެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރަނީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ކަމަށް ތިންޕާޓީންވެސް ބުނެފައިވާ ކަމަށް ހަވީރުނޫހުގައި ބުނެފައިވެއެވެ. "ނޮވެމްބަރު 11 ގެ ކުރިން އިންތިޚާބުގެ ދެ ވަނަ ބުރު ބާއްވައި އާ ރައީސަކު އިންތިހާބު ކުރަން ބޭނުންވާ ކަމަށް ތިން ޕާޓީން ވެސް ވަނީ ބުނެފަ އެވެ." އެނޫހުގައި ބުނެފައިވެއެވެ.މިތިން ޕާޓީންވެސް ބުނެފައިވަނީ ވޯޓާސް ލިސްޓުގައި ސޮއިކުރަނީ އިންތިޚާބު ބާއްވަން އިލެކްޝަނަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
ލިސްޓުތަކުގައި ސޮއިކުރިޔަސް ލިސްޓުތަކުގެ ސައްހަކަން ބެލުމަށް އަދިވެސް ގިންޖެހުންތަކެއް އެބަހުރި ކަމަށް ބައެއް ކެންޑިޑޭޓުންގެ ފަރާތުންވަނީ ހާމަކުރައްވާފައެވެ. ޕާޓީތަކުން ވޯޓާސް ލިސްޓުގައި ސޮއިކުރަމުން އަންނަނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންނަށް ފޮނުވި ލިސްޓަށް ބަލައިގެންނެވެ. ޕީޕީއެމް އާއި ޖޭޕީން ބުނެފައިވަނީ އެލިސްޓުގައި ސޮއިކުރަން ނިންމާފައިވަނީ ރައްޔިތުންގެ މަސްލަހަތަށްޓަކައެވެ.
ކިޔުންތެރިންގެ ހިޔާލު