ސްޕްރީމްކޯޓު ކައިރީގައި އެމްޑީޕީން މިއަދު މުޒާހަރާ ކޮށްފި
ސްޕްރީމްކޯޓުގެ ކައިރީގައި އެމްޑީޕީން މިއަދު ހަވީރު މުޒާހަރާ ކޮށްފިއެވެ.
މިއީ ރިޔާސި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާފައިވާ ކަމަށް ބުނެ ޖުމްހޫރީޕާޓީން ސުޕުރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިހުތިޖާޖު ކުރުމަށް އެއްވި އެއްވުމެކެވެ. އެމްޑީޕީ މީހުން އެއްވިއިރުވެސް އެމައްސަލައިގެ އަޑު އެހުމެއް ކޯޓުގައި ކުރިއަށް ދިޔައެވެ.
ސްޕްރީމް ކޯޓު ކައިރިއަށް އެއްވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރުންވެސް ހިމެނެއެވެ.
އެއްވި މީހުންވަނީ އަޑުގަދަ ކުރާ ބޭނުން ކޮށްގެން ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންވާ ބައެއް ފަނޑިޔާރުންނާމެދު ނޭދެވޭ ބައެއް ކަންކަމާމެދު ތުހުމަތު ކޮށް އަޑުގަދަ ކޮށްފައެވެ.
އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާ ކުރަމުންދިޔައިރު ފުލުހުންނާއި ސިފައިން ވަނީ އެސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށްފައެވެ. އަދި ސަލާމަތީ ބާރުތަކުންވަނީ އެސަރަހައްދުން އެމީހުން ދުރަށް ފޮނުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު