އަޙުމަދު ރަޝީދާއި މުޙައްމަދު ރަޝީދު އަލުން އެމްޑީޕީއާ ގުޅޭނަމަ 50 މެންބަރުން ހޯދައިދިނުމަށް އަންގައިފި

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިދިޔަމަހުގެ 30 ވަނަދުވަހު ރައްތިތުންގެ މަޖިލީހުގައި ނެގިވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ޚިލާފަށް ވޯޓުދިން މެންބަރުނާމެދު ފިޔަވަޅު އަޅައިފިއެވެ.

އެވޯޓަށްފަހު އެޕާޓީން ވަކިވެ އެހެން ދެޕާޓީއަކާ ގުޅިފައިވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ބޭނުން ކަމަށްވާނަމަ މެމްބަރުންގެ ކިބައިން މާއާފަށް އެދުމަފަހު "ގޮތްޕެއްގެ މިންވަރު ކަމުގައިވާ 50 މެމްބަރުން" ޕާޓީއަށް ހޯދައިދޭންޖެހޭނެ ކަމަށް ފިޔަވަޅު ކޮމިޓީން ވަނީ ނިންމަވާފައެވެ.

މީގެ އިތުރަށް މާފަންނު ހުޅަގު ދާއުރާގެ މެމްބަރު ޢަބްދުﷲ އަބްދުއްރަޙީމާއި ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމަށްވަނީ ޕާޓީގެ ވިޕްލައިނާ ޚިލާފަށް އަމަލުކުރުން ތަކުރާރު ނުކުރުމަށް ނަސޭހާތްތެރިވާން ނިންމާފައެވެ. އަދި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ތާރީޚުގެ ނިޔަލަށް މެމްބަރުކަމުން ސަސްޕެންޑްކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރަށް މިމަހުގެ 30 ވަނަދުވަހުގެ ކުރިން މެމްބަރުންގެ ކިބައިން މައާފަށް އެދުމަށްއެންގުމަށްވެސް ވަނީ ނިންމާފައެވެ. އަދި މައާފަށް އެދޭ ތާރީޚުންފެށިގެން 3 އަހަރުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް، އަދި "އޮވެދާނެ ޕްރައިމަރީއެއްގައިވެސް ބައިވެރިނުވެވޭގޮތަށް" އެ 2 މެމްބަރުންނާ މެދުވަނީ ފިޔަވަޅު އަޅައިފައެވެ. މިދެ 2 މެމްބަރުން އެމްޑީޕީގެ ޕްރައިމަރީގައި ވާދައެއް ނުކުރެއެވެ.

މިމައްސަލާގައި ވިޕްލައިނާއި ޙިލާފުވެވަޑައިގެންނެވިއިރު، ޕާޓީގެ ކުރިއަށްއޮތް މަޖިލިސް ގޮޑިއަށް ޓިކެޓްލިބިވަޑައިގެންފައިވާ ދެ ޢިއްޒަތްތެރިމެމްބަރުން ވެއެވެ. މިދެމެމްބަރުންގެ ތެރެއިން

މިމައްސަލާގައި ކާށިދޫދާއިރާގެ ިމެމްބަރު ޢަބްދުﷲ ޖާބިރާމެދުވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އޭނާއަށްވެސްވަނީ މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް މެމްބަރުންގެ ކިބައިން މައާފަށް އެދުމަށް އަންގާފައެވެ. އަދި ޕާލިމެންޓަރީގްރޫޕްގައި އޭނާ މިހާރު އަދާކުރައްވަމުންގެންދަވާ އިންތިޚާބީ މަގާމްތަކުން ވަކިކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ވިޕްލައިނާ ޚިލާފަށް ޖާބިރު ވޯޓުދެއްވިއިރު އޭނާއަށްވަނީ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޕްރައިމަރީއާ ނުލައި ލިބިފައެވެ. ނަމަވެސް އެޓިކެޓް މިހާރުވަނީ އަތުލައިފައެވެ. ނަމަވެސް ދެންބާއްވާ ޕްރައިމަރީގައި އޭނާއަށްވެސް ވާދަ ކުރެވޭނެއެވެ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވެސް މިމަހުގެ 30 ގެ ގެކުރިން ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިުމަށްވަނީ އަންގާފައެވެ. އަދި މިފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެއެވެ. މެންބަރުންނާމެދު މިފިޔަވަޅު އަޅައި ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :