މަޖިލީސް ޕްރައިމަރީގައި 72 ދާއިރާއަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުން އިއުލާން ކޮށްފި

އަންއަހަރު ޖެނުއަރީމަހުގެ 24 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރިމަތިލައިފައިވާ 174 މީހުންގެ ނަންތައް އެޕާޓީން އިއުލާން ކޮށްފިއެވެ.

އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައިވަނީ އެމް.ޑީ.ޕީ ޕްރައިމަރީގައި 174 މީހުން ވާދަކުރަނީ 72 ދާއިރާއިން ކަމަށެވެ. މިދާއިރާތަކުގައި މާލެ ނުހިމެނޭ ކަމަސްވެސް ބުނެފައިވެއެވެ.

މިކެންޑިޑޭޓުންގެ ތެރޭގައި 9 އަންހެނުން ހިމެނެއެވެ. އަދި 165 ފިރިހެނުންވެސް ހިމެނޭ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެމްޑީޕީން ބުނެފައިވަނީ މިއަދު އިޢުލާން ކުރި 72 ދާއިރާގެ ތެރެއިން 22 ކުރިމަތިލައިފައިވަނީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ. އެހެން ކަމުން "ރައްޔިތުން މަޖްލިސް އިންތިޚާބްގައި އެމް.ޑީ.ޕީ ޓިކެޓް ޕްރައިމަރީއަކާއިނުލާ އެ ދާއިރާއަށް ކުރިމަތިލެއްވި ފަރާތްތަކުންވަނީ ކަށަވަރުކުރައްވާފައެވެ." އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

އެންމެ ކެންޑިޑޭޓަކު ކުރިމަތި ލެއްވި ދާއިރާތަކަކީ، ހަނިމާދޫދާއިރާ، ނޮޅިވަރަމް ދާއިރާ، ކުޅުދުއްފުށި އުތުރުދާއިރާ، މިލަންދޫ ދާއިރާ، ކޮމަންޑޫ ދާއިރާ، ފުނަދޫ ދާއިރާ، ކެނދިކުޅުދޫ ދާއިރާ، ހޮޅުދޫ ދާއިރާ، އަލިފުށި ދާއިރާ، އޭދަފުށީ ދާއިރާ، ހިންނަވަރު ދާއިރާ، ކުރެންދޫ ދާއިރާ، ކާށިދޫ ދާއިރާ،ގުރައިދޫ ދާއިރާ، ދަނގެތި ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގުރައިދޫ ދާއިރާ، ގައްދޫ ދާއިރާ، މަތިވެރި ދާއިރާ، އަދި ތޮއްޑޫ ދާއިރާ ކަމަށްވެސް ވެބްސައިޓުގައި ބުނެފައިވެއެވެ.

މިހާރު ރައްޔިތުން މަޖްލިސްގައި އެމް.ޑީ.ޕީ ތަމްސީލްކުރައްވާ ބޭފުޅުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ރަޝީދާއި، ކޮމަންޑޫ ދާއިރާގެ މެމްބަރ ޙުސެއިން ވަޙީދާއި، ގައްދޫ ދާއިރާގެ މެމްބަރ ޒާހިރު ޕްރައިމަރީގައި ވާދަ ނުކުރައްވާ ކަމަށްވެސް ބުނެފައިވެއެވެ. އާދަމް އެވެ.

މި ދާއިރާތަކުގެ ތެރެއިން އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުގެ ސަބަބުން ކޮމަންޑޫ ދާއިރާގެ ޓިކެޓް އަޙުމަދު ނާޝިދު (އޭ.ޑީ.ކޭ ނާޝިދު) އަށްވަނީ ކަށަވަރުވެފައެވެ. އަދި ގައްދޫ ދާއިރާއަށް ކުރިމަތިލެއްވި އިބްރާހިމް އަމީރު އަށްވެސް ވަނީ ޓިކެޓް ކަށަވަރު ވެފައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. ޕްރައިމަރީގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފޭދޫ ދާއިރާއަށް 9 ކެންޑިޑޭޓުންވަނީ ކުރިމަތިލައްވާފައި ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :