ޕްރައިމަރީއަކާ ނުލައި އާޒިމް، އިންތި،އީވާއަށް އެމްޑީޕީގެ ޓިކެޓް ލިބިއްޖެ

ރައްޔިތުންގެމަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް މިމަހުގެ 24 ވަނަދުވަހުބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގައި ވާދަކުރަން ނުޖެހި ތިން މެންބަރަކަށްއެމްޑީޕީގެ ޓިކެޓް ކަށަވަރު ވެއްޖެ ކަމަށް އެޕާޓީން ހާމަކުރައްވައިފިއެވެ.

އެޕާޓީގެވެބްސައިޓުގައި ބުނެފައިވަނީ މާލޭދާއިރާއަށްް 33 މީހުން ކުރިމަތިލާފައިވާކަމަށެވެ. އޭގެ ތެރެއިން ޕްރައިމަރީގައި ވާދަނުކޮށް ޓިކެޓް ކަށަވަރުވެފައިވަނީ ހެންވޭރުމެދު ދާއިރާއަށް އަލީ އާޒިމް، ގަލޮޅު އުތުރު ދާއިރާ އަށް، އީވާ އަބްދުﷲ، މާފަންނު އުތުރުދާއިރާ އަށް، އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

މިބޭފުޅުންނަށްޓިކެޓް ކަށަވަރުވެފައިވަނީ އިންތިހާބ ުކުރަން ބޭނުންވާ އަދަދަށްވުރެ އިތުރަށް މިދާއިރާތަކަށްމެންބަރުން ކުރިމަތިލާފައިނުވާތީކަމަށް އެމްޑީޕީން ބުނެފައިވެއެވެ. މިބޭފުޅުންގެ ތެރެއިން، އިވާ އާއި، އިންތި މިހާރުވެސްގެންދަވަނީ އެދެގޮނޑި ފުރަމުންނެެވެ. ސާބިތު ދަރަންޏެއްގެމައްސަލައެއްގައި އާޒިމްގެ ގޮނޑިވަނީ ގެއްލިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :