އާޒިމާއި، ނާޝިޒުގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވާރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު އަހުމަދު ނާޝިޒު ގެ ގޮނޑި ގެއްލިފައިވާ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

 މިދެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށް އެދި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލެއް ކަމަށްވާ މުހައްމަދު ހަލީމެވެ. މިމައްސަލަ އޭނާ ކޯޓަށް ހުށަހެޅުއްވީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ނަގާފައިވާ ލޯނުތަކެއް ކޯޓުގެ ހުކުމާ އެއްގޮތަށް އަނބުރާ ނުދެއްކި މައްސަލައިގަ އެވެ.

ސްޕްރީމް ކޯޓުން މިއަދު މިމައްސަލަ ނިންމާފައިވަނީ އެދެބޭފުޅުންގެ ޣައިރު ހާޒިރު ގައެވެ. މިދެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމަވާފައިވަނީ 7 ފަނޑިޔާރުންގެތެރެއިން 4 ފަނޑިޔާރެކެވެ. އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަބްދުﷲ އަރީފް ގެ ނިންމެވުމަކީ އެދެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ފަނޑިޔާރު މުއުތަސިމް އަދުނާން ވަކި ރައުޔެއް ނެރުއްވާފައި ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :