ދެމީހަކަށް ބިރުދައްކައި އެމީހުންގެ މުދާ ފޭރިގަނެ، ފައިސާ ފޭރެން މަސަައްކަތްކުރި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވައިފި

ދައްކަންޖެހޭ ފައިސާތަކެއް ހުރިކަމަށް ބުނެ އެކި ދުވަސް މަތިން 2 މީހަކަށް ބިރުދައްކައި، އެމީހުންގެ މުދާ ފޭރިގަނެ، މަޖުބޫރުން ތަންތަނަށް ގެންގޮސް އެމީހުންގެ މުދަލަށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލާގައި ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީކ.މާލެ، ގ.ރޭނިސް، މުޙައްމަދު ސަލީމް (46އ) އާއި ކ.މާލެ، ހ.ހިލްޓަން، އަޒުލީފް ރަޢޫފް (28އ) އާއި ސ.މީދޫ، އިރާކް، މުޙައްމަދު ހާމިދު (26އ) އާއި ހއ. ދިއްދޫ، އޯޓަމްވާދީ، ޢުބައިދުﷲ ސަޢީދު (29އ) އަދި ކ. މާލެ، ގ. މޫންލައިޓްވިޔު، ޢަބްދުﷲ ޢުނައިސް (42އ) ގެ މައްޗަށެވެ.

މި 05 މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ އެކިދުވަސް މަތިން 2 މީހަކަށް ބިރުދައްކައި ބަޔަކަށްދޭންޖެހޭ ފައިސާތަކެއް އަތުލަން އުޅުމާއި ފައިސާ ދައްކަންދެން ސައިކަލެއް ފޭރިގަނެ، އެ މީހުންގެ ގަޔަށް އަތްލާ، މަޖުބޫރުން ތަންތަނަށް ގެންގޮސް އެދެމީހުން ނިސްބަތްވާ އޮފީހަކަށް ވަދެ އެ ދެމީހުންނަށް ބިރުދައްކައި އެ އޮފީހުގެ ތަކެއްޗަށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2013 ޖޫން 26 ވަނަދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :