މަޖިލީހުގެ ރައީސް ހުންނެވީ އެމްޑީޕީއަށް އަޅުވެތިވެފައި –ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހުންނެވީ އެމްޑީޕީއަށް އަޅުވެތިވެފައި ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް އާދަމް މިރޭ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީޕީއެމްއާއި، އެމްޑީއޭ ގުޅިގެން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި އަލުން ޕީޕީއެމްއަށް ސޮއި ކުރުމަށް ފަހު ދެއްކެވި ވާހަކަގައިއެވެ.
ޝަރީފްގެ ވާހަކައިގައި މަޖިލިސްގެ ރައީސާ މުޚާތަބު ކުރެއްވީ މަޖިލީހުގެ "ކުރީގެ" ރައީސްގެ ނަމުންނެވެ. އޭނާ މިގޮތަށް މުޚާބަތަބު ކުރެއްވި އަންނަ ހިނިހިރު ދުވަހު އިންތިޚާބު ބޭއްވުމަށް މަޖިލީހަށް އެމްޑީޕީން ހުށަހެޅި ގަރާރު ފާސްކުރުމުގައި ކަންކަން ހިނގައިދިޔަ އުސޫލަށް ނިސްބަތް ކޮށްނެވެ.
މިރޭގެ ޖަލްސާގައި އޭނާ ވިދާޅުވީ އަލުން ޕީޕީއެމާ ގުޅިވަޑައިގަތީ ކެނެރީގޭ މުހަންމަދު ނަޝީދުގެ ކިބައިން ގައުމު ސަލާމަތް ކުރެވޭނީ ޕީޕީއެމާއި އެޕާޓީއާ ގުޅިފައިވާ ފަރާތްތަކަށް ކަމަށްވާތީ ކަމަށެވެ.
އޭނާ އެންމެ ފުރަތަމަ މަޖިލީހަށް ހޮވިވަޑައިގެންފައިވަނީވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ. އެފަހުން ގައުމީ އިއްތިހާދު ޕާޓީ އަށް އޭނާ ވަނީ މިދިޔަ މޭ މަހު ސޮއިކުރައްވާ ފައެވެ. މިރޭގެ ޖަލްސާގައި އޭނާ ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިން މޭޓް މުހަންމަދު ޖަމީލާ އެކު ސްޓޭޖަށް އަރާ ވަޑައިގެންފައެވެ. ޕީޕީއެމްއަށް މިރޭ އޭނާސޮއިކުރެއްވީ ސްޓޭޖުމަތީގައެވެ.
ކިޔުންތެރިންގެ ހިޔާލު