ރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރައްވާތީ ރަޝިޔާއަށް ރައީސް ޝުކުރު އަދާކުރައްވައި

ރާއްޖޭގެސިޔާދަތަށް ރަޝިޔާއިން ކުރާ އިޙްތިރާމަށްޓަކައިރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝުކުރުއަދާ ކުރައްވައިފިއެވެ.

ރަޝިޔާއިން ރާއްޖެއަށްކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެލެގްޒެންޑަރ ކަރޗާވާ މިއަދުހެނދުނު ރައީސް ޔާމީންގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ރައީސް ރައީސް ވިދާޅުވީރަޝިޔާއަކީ އަބަދުވެސް ބައިނަލް އަގުވާމީ ދުނިޔޭގައި ރާއްޖެއަށް އެއްބާރުލެއްވުންދެއްވާ ގައުމެއް ކަމަށެވެ. އަދުި ކުދި ގައުމުތަކަށް ރަޝިޔާއިން ދެމުންގެންދާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުވިދާޅުވީ އ.ދ. ގެ ސަލާމަތާބެހޭ މަޖިލީހުގައި ރާއްޖޭގެ ދާޚިލީކަންކަމަށް ޙައްލު ހޯދާނީ ދިވެހި ރައްޔިތުން ކަމަށް ރަޝިޔާއިންވަނީ ވަކާލާތު ކޮށްދެއްވާފައި ކަމަށެވެ. އެކަމަށްޓަކައި ދިވެހި ރައްޔިތުންވެސް ޝުކުރުވެރިވާކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން އަބަދުވެސް ދާޚިލީ ކަންކަންއަމިއްލައަށް ޙައްލުކުރާނެ ކަމަށެވެ. ކުރިންވެސް އައީ ހައްލު ކުރަމުން ކަމަށްވެސްވިދާޅުވިއެވެ.

ރަޝިޔާސަފީރުގެ ވާހަކަފުޅުގައި، ވިދާޅުވީ އެގައުމުން އަބަދުވެސް އެހެން ޤައުމުތަކުގެދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ޚާއްޞަ ސަމާލުކަމެއްދޭ ކަމަށެވެ. އަދިކުރިއަށް އޮތް ތާނގައިވެސް އެގައުމުން ރާއްޖެއަށް ފުރިހަމަ އެއްބާރުލުންދެއްވާނެ ކަމަށްވެސް ސަފީރު ރައީސް އަރިހު ދެންނެވިއެވެ. މީގެ އިތުރަށް ދެގައުމުގެގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހި ކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި،ރަޝިޔާގެ ސަފީރުވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޔާމީން ހަވާލުވެވަޑައިގަތުމުންއެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އާ  ސަރުކާރާއެކު ރަޝިޔާއިން ގާތް ގުޅުންތަކެއްޤާއިމުކޮށް، އެކުގައި މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމަށްވެސްސަފީރު ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :