އިއްޔެއިން ފެށިގެން ގައްދޫ ރައްޔިތުން ކަނުއަނދިރީގައި
ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ރައްޔިތުން އިއްޔެ ހެނދުނުން ފެށިގެން އުޅެމުންދަނީ ކަނުއަނދިރީގައި ކަމަށް އެރަށުކައުންސިލުން މައުލޫމާތު ދީފިއެވެ
ކައުންސިލްގެ ރައީސް މުޙައްމަދު ރިޒާން މިއަދު ވިދާޅުވީ ގައްދޫ ރައްޔިތުންކަރަންޓުން މަހުރޫމުވެ އަނދިރީގައި އުޅެން ޖެހިފައިވަނީ އެރަށުގެ އިންޖީނުގޭގައިބޭނުން ކުރަމުންދާ 2 އިންޖީނުގައި މައްސަލަޖެހި ހިންގޭ ވަރު ނުވެގެންނެވެ.
އެރަށުގެ އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުންދަނީ 250 ކިލޯވޮޓްގެއިންޖީނަކާއި، 300 ކިލޯވޮޓުގެ އިންޖީނެކެވެ. މިއިންޖީނުތަކަށް ދިމާވެފައިވާމައްސަލަތައް ހައްލުކުރެވި އެންމެ އަވަހަށްވެސް ކަރަންޓު ދެވޭނީ މާދަމާ ރެއަށްކަމަށް ރިޒާން ވިދާޅުވިއެވެ.
މާދަމާރެއަށް ކަރަންޓު ލިބުނަސް އިތުރު އިންޖީނެއް ނުގެނެސް މައްސަލަހައްލުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރިޒާން ވިދާޅުވިއެވެ.
މިދެއިންޖީނުގައި މައްސަލަޖެހި މުޅިރަށުން ކަރަންޓް ދިޔުމުން އެރަށުގެވިޔަފާރިވެރިންނާއި، އަމިލަ ގޭގައި ގެންގުޅޭ ބައެއް ތަކެއްޗާއި ކާބޯތަކެތިހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އައިސް އަލަމާރީގައި ހުރި އައިސްކުކުޅާއި މަހާއި އަދިވެސް މިބާވަތުގެ ތަކެތިވަނީ ހަލާކުވެފައި،" އޭނާވިދާޅުވިއެވެ.
ދޭތެރެ ދޭތެރެއިން ކަރަންޓު ދިޔުމުގެ ސަބަބުން ގޭގޭގައި ގެންގުޅޭއިލެކްޓްރޯނިކް ބައެއް ސާމާނުތައް ހަލާކުވަމުންދާތީ ކުރިން ފެށިގެން ރައްޔިތުންގެފަރާތުން ޝަކުވާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޒާން ވިދާޅުވީ އިއްޔެއިން ފެށިގެން ބައެއް މީހުންވަނީ އޮޑިދޯނިފަހަރު ގައިހުރިކުދިޖެނެރޭޓަރު ގެނެސް ކަރަންޓް ބޭނުން ކުރަން ފަށައިފައެވެ. ނަމަވެސް އެއީ އެންމެންނަށްލިބޭ ޚިދުމަތަކަށް ނުވާތީ އެއީ ވަގުތީ ހައްލަކަށްވެސް ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެރަށުގެ އިންޖީނުގޭގައި ކުރިން 80 ކިލޯވޮޓްގެ 4 އިންޖީނު ހުރިކަމަށެވެ.ނަމަވެސް އެހެން ބައެއް ރަށްރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްއިންޖީނުތައް ވަނީ އެއިންޖީނުތަކާ އެކަށީގެންވާ ވަރުގެ ރަށްރަށަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެއިންޖީނުތައް ހުރިއިރު 3 އިންޖީނު ހިންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.ނަމަވެސް މިހާރު އެއް އިންޖީނު ހިންގައިގެން އެރަށުގެ 3000 މީހުންގެ އާބާދީއަށްކަރަންޓު ދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ދިމާވީ 2 އިންޖީނުއެއްފަހަރާ ހަލާކުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގައްދޫން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާތާ މިހާރު މަހަކަށްވުރެގިނަވާނެ ކަމަށް ރިޒާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދިޔަ ރޯދަމަހުވެސް ކަރަންޓުކެނޑުމުގެ މައްސަލަ ދިމާވަމުންދިޔަ ކަމަށެވެ. ރޯދަމަހުގެ 29 ވަނަ ދުވަހުގެރޭ ދަންވަރު1.30 އެހައިކަންހާ އިރު އެރަށަށް ހޮނުއުޅުމުގެ ސަބަބުން އިންޖީނުތައް ނިވުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ގޭގެ ކަރަންޓް ސާމާނުތައް އެރޭހަލާކުވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޭބަލްޓީވީގެ ޚިދުމަތް ދެމުދިޔަ ފަރާތުގެހުރިހާއެއްޗެއްވެސް ހަލާކުވި ކަމަށް ރިޒާން ވިދާޅުވިއެވެ.
ގައްދުއަށް ކަރަންޓުގެ މައްސަލަ ދިމާވާން ފެށުމުން އެމައްސަލަ ހައްލުކުރުމަށްއިތުރު އިންޖީނެއް ގެނައުމަށް ފެނަކައިން އޯޑަރުދިން ކަމުގެ މައުލުމާތު ކުރިންލިބިފައިވާ ކަމަށް ރިޒާން ވިދާޅުވިއެވެ. ނަމަވެސް އެކަންވެސް މިހާރުވަނީ ވީނުވީއެއްނޭނގި ހުއްޓިފައި ކަމަށް ވިދާޅުވިއެވެ.
ގައްދޫގެ ކަރަންޓަށް މައްސަލަ ދިމާވާން ފެށުމުން އެކަން ހައްލުކުރުމަށްސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދަންނަވައިގެން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ކައުންސިލްގެ ރައީސް ރިޒާން ވިދާޅުވިއެވެ. ނަމަވެސް އަދި އެދެވޭނަތީޖާއެއް ފެނިފައެއް ނުވެއެވެ.
ކަރަންޓު ނެތުމުގެ ސަބަބުން އެރަށުގެ ސިއްހީ މަރުކަޒުން ދެމުން ގެންދާޚިދުމަތް ދިނުމަށްވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ރިޒާން ވިދާޅުވިއެވެ.
އެރަށު ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ އިންނެވި އާމިނަތު ރަޝީދާވިދާޅުވީ ލެބޯޓްރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ރައްޔިތުންނަށް ދެމުންގެންދަވާ ކަމަށެވެ. "އާސަންދަ ޚިދުމަތް ދެމުން މިދަނީ މެނުއަލްކޮށް. ކަރަންޓްލިބުނީމާ ޓްރާންފާ ކަންކަން ހަމަޖައްސާ ގޮތަށް ޚިދުމަތް މިދެނީ. މިފުރުސަތުގައިރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އަޅުގަނޑު ޝުކުރުވެރިވަން،"އޭނާ ވިދާޅުވިއެވެ.
އާމިނަތު ރަޝީދާ ވިދާޅުވީ ސިއްހީމަރުކަޒުގެ ވެކްސިންތައް ބަހައްޓައިފައިވަނީ ދިރާގުގެފްރިޖްތަކުގައި ކަމަށެވެ. އަދި ސިއްހީމަރުކަޒު އަލިކުރުމަށްޓަކައި މިރެއަށްބޭނުންވާ އިމަޖެންސީ ލައިޓްތައް ހޯދައި ދިރާގުގެ އެހީގައި އެއެއްޗެހި ޗާޖުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސިއްހީމަރުކަޒުން ރޭ ޚިދުމަތްދީފައިވަނީ އުއްބައްތީގެ އެހީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޖިނުގެއިންވެސް ކިރިޔާވެސް ގޮތެއް އޮތިއްޔާ ސިއްހީމަރުކަޒަށް ކަރަންޓުދޭކަމަށް އޭނާ ވިދާޅުވިއެވެ. އެރަށުގެ ކައުންސިލްގެ ރައީސް ރިޒާން ދިރާގަށް ވަޑައިގެން ދިރާގު މެދުވެރިކޮށް ސިއްހީމަރުކަޒަށް ކަރަންޓް ލިބޭނެ ގޮތެއް ހޯދުމަށްމަސައްކަތް ކުރެއްވި ކަމަށްވެސް އާމިނަތު ވިދާޅުވިއެވެ. ނަމަވެސް ދިރާގުންވެސް ގެންގުޅެނީ ކުޑަ އިންޖީނަކަށް ވުމުން އެބޭފުޅުންނަށް އެކަން ކޮށްދެވޭ ގޮތެއްނުވިކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު