ބަނގުރާގެ މައްސަލައިގާ ހާމިދުގެ މައްޗަށް ކޮށްފައިވާދައުވާއަށް ޖަވާބު ދިނުމުގެ ފުރުސަތު ދީފި
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ހާމިދުގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލުގެ ޝަރީއަތް މިއަދު ތާވަލް ކޮށްފައި އޮތްނަމަވެސް އެ ދެ ބޭފުޅުން މިއަދުކޯޓަށް ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ ދެ ބޭފުޅުން ކޯޓަށްހާޒިރު ނުކުރެވިއްޖެނަމަ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށްހާޒިރުކުރާނެ ކަމަށެވެ.
ހާމިދުގެ މައްޗަށް ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުންއޭނާ ވަނީ ގާނޫނީ ވަކީލަކު ހަމަޖައްސައިގެން ދައުވާ އަށް ޖަވާބުދާރީ ވުމުގެފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. ގާޒީ ވަނީ އެ ފުރުސަތު އޭނާ އަށް ދެއްވާފައެވެ.
ހާމިދުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވިދާޅުވީ ހދ. ހޮނޑައިދޫގައި މަސްތުވާ ތަކެއްޗާއި ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެރަށަށް ފުލުހުން ގޮސް އެރަށުތެރެ ބަލައި ފާސްކުރަމުން ދަނިކޮށް ބަނގުރާ ފެނިފައިވާކަމަށެވެ.
ފުލުހުން އެރަށުތެރެ ބަލައި ފާސްކުރަމުން ދަނިކޮށް އެރަށުގެ އުތުރު ފަރާތުގައި ބާރ އެއްގޮތަށް ހަދާފައިވާ ހަޓް ކައިރިން އެ ތިން ބޭފުޅުންފެނުނު ކަމަށާއި އެވަގުތު އެބޭފުޅުންގެ ތެރެއިން ޖާބިރުގެ އަތުގައި ބަނގުރާ ކަމަށްޝައްކު ކުރެވޭ ދިޔައި އެއްޗެއްހުރި ބިއްލޫރި ތަށްޓެއް އޮއްވައި ފެނިފައިވާ ކަމަށެވެ.
އޭގެއިތުރަށް ހާމިދު އަތުގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭދިޔައި އެއްޗެއް އަޅާފައިހުރި ޖޯޑެއް އޮއްވައި ފެނިގެން ފުލުހުން އެ ދެ މީހުންނާ ދިމާއަށްދާން ފެށުމުން ހާމިދުގެ އަތުގައި އޮތް ޖޯޑު އޭނާ އެއްލާލައިފައިވާ ކަމަށް ވެސްވަކީލާ ވިދާޅުވި އެވެ.
ވަކީލާ ވިދާޅުވީ ޖާބިރުގެ އަތުގައި އޮތް ތަށްޓާ އެކުއޭނާގެ އަތުގައި ފުލުހުން ހިފަހައްޓައި މޭޒެއްގެ މަތީގައި އެތަށި ބެހެއްޓުމަށް ފަހުއޭގައިހުރި ތަކެތި ތަހުލީލު ކުރި އިރު ބަނގުއާތްވަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ތިން ބޭފުޅުން ތިބިދިމާގައި ހުރި ގޮނޑިއެއްގެ މަތިން ފެނުނު ދެ ބިއްލޫރި ތަށްޓާއި އެބޭފުޅުން ތިބިދިމާގައިހުރި ހަޓުގެ ކައުންޓަރުމަތިން ފެނުނު ބޯގޯ ބްރޭންޑުގެ ފުޅިއާއި ސެންލިއޯބްރޭންޑުގެ ފުޅީގެ އިތުރުން ހެނެއްސޭ ބްރޭންޑުގެ ފުޅިއާއި ތިން ބިއްލޫރި ތަށީގައިހުރި ދިޔާތަކެތި ބަނގުއާތްވަށް ޕޮޒިޓިވް ވެފައިވާ ކަމަށް ތަހުލީލު ރިޕޯޓުން ދައްކާކަމަށެވެ.
މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަބުރާސްފަތި ދުވަހު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރާއި ޖާދުﷲ އަށް ވެސްބުރާސްފަތި ދުވަހަށް ކޯޓަށް ހާޒިރުވާން ކްރިމިނަލް ކޯޓުން ޗިޓުފޮނުވާނެ އެވެ.
ކިޔުންތެރިންގެ ހިޔާލު