ދުނިޔޭގެގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރަންޖެހޭ- ރައީސް ނަޝީދު
ދުނިޔޭގެގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުމިހެން ވިދާޅުވީ އެމްޑީޕީގެ ޚާރިޖީ ސިޔާސަތު އިފްތިތާހު ކޮށްދެއްވުމަށް މާލޭސިޓީކައުންސިލް އިދާރާގެ ހޯލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނުވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅިގެެންވިޔަފާރީގެ ގުޅުންތައް ބަދަހި ކުރަންޖެހޭ ގައުމެއް ކަމަށެވެ. ނަމަވެސް ރާއްޖެއަށް މިހާތަނަށްލިބުނު އިންވެސްޓްމަންޓްއުސޫލްތަކާއި ޚިލާފަށް އަދުގެ ސަރުކާރުން ބޭރުކުރުމުގެ ސަބަބުން ދިވެހިދައުލަތުން 1.5 މިލިއަންޑޮލަރު ހޯދުމަށް ދައުވާ ކޮށްފައިވާކަމަށެވެ.
ރައީސްނަޝީދު ވިދާޅުވީ ބޭރުގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުން އެމްޑީގެސަރުކާރެއްގައި ބަދަހިކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކިލަނބުވެފައިވާ ނަން ރީތިނަމަކަށްބަދަލުކޮށް ރާއްޖެއަކީ ގަދަރުލިބިގެންވާ އަދި ބަސްވިކޭގައުމަކަށް ހައްދަވާނޭ ކަމަށެވެ. މިކަމުގެ ސަބަބުން ސީދާ ދިވެހި ރައްޔިތުންނަށްފައިދާ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްނަޝީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި 3 އަހަރު ތެރޭ ތިމާވެށީގެދާއިރާގައި ލީޑް ރޯލެއް ރާއްޖެ އަދާކޮށްފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްފަސް އަހަރު ތެރޭގައި ކާބަން ނިއުޓްރަލް ގައުމަަކަށް ރާއްޖެ ހެދުމަށްހާރިޖީ ގޮތުން ކުރިއެކޭ އެއްފަދައިން ބޮޑެތި މަސައްކަތްކުރައްވާނޭ ކަމުގެޔަގީންކަން ދެއްވިއެވެ.
މިބައްދަލުވުގައި ރައީސް ނަޝީދުވަނީ ބައިވެރިންގެ ބައެއް ސުވާލޔ ތަކަށް ޖަވާބުދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު