ވައްކަންކުރާ ބައެއްކަމަށް ހީކޮށް ރޫހު ޝިކާރަކުރާބަޔަކު ހައްޔަރުކޮށްފި
އެމެރިކާގެ ޕެނިސިލްވޭނިއާގެ ރޫހު ޝިކާރަކުރާ ޖަމާޢަތެއްގެބަޔަކު ޝިކާރަކުރުމުގެ މަސައްކަތެއްގައި ހަރަކާތްތެރި ވަމުންދަނިކޮށް ވައްކަންކުރާބައެއް ކަމަށް ހީކޮށް އެސަރަޙައްދުގެ ފުލުހުން އެމީހުން ހައްޔަރު ކޮށްފިއެވެ.
އެމީހުން ހައްޔަރު ކޮށްފައިވަނީ ބަންދު ކޮށްފައިހުރިފިހާރައެއްގެ ތެރޭގައި ރޭނގަޑުގެ ވަގުތެއްގައި ބައްތިތަކެއް ހިފައިގެން ރޫހުޝިކާރަކުމުން ދަނިކޮށް މަގުމަތީގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެއޮފިސަރަކަށް އެމަންޒަރު ފެނިގެން އެމީހުން އެފިހާރައިން ވައްކަން ކުރަނީކަމަށްހީކޮށެވެ.
ނަމަވެސް ފަހުން ފުލުހުން އެފިހާރާއިގެ ވެރިފަރާތަށްގުޅުމުން އެއީ އޭނާގެ ހުއްދަޔާއެކު އެފިހާރައިގައި އުޅޭ ރޫހުންތައް ޝިކާރަ ކުރަންއުޅުނު ބައެއް ކަން އޭނާ ބުންޏެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު