ކުޑަދޮރު ދޭތެރޭގައި ތާށިވެގެން ވަގަކު ގޭގެ ވެރިމީހާގެ ކިބައިން އެހީއަށް އެދިއްޖެ
އިނގިރޭސިވިލާތުގެ ގެއަކަށް ވަގަކު ވައްކަންކުރަން ވަންނަން އުޅުމުގެ ތެރޭގައި އެގޭގެ ފާހާނާއިގެ ކުޑަދޮރުގައި ތާށިވެގެން ސަލާމަތް ނުވެވިގެން ގޭގެ ވެރިމީހާ ކައިރީ އިމަރޖެންސީ ޚިދުމަތަށް ގުޅައިދިނުމަށް އެދިއްޖެއެވެ.
ޚަބަރުތައް ބުނާގޮތުން އެމީހާ އެތަނުގައި ތާށިވެފަ ގަޑިއެއް ހާއިރު އޮންނަން ޖެހުނެވެ. އަދި އެވަގުކަލޭގެ ބުނެގެން ގޭގެ ވެރިމީހާ ފުލުހުންނަށް ގުޅުމުން އޭނާ އެގެއަށް ވަންނަން އުޅުނީ ވައްކަންކުރަންކަން އެއްބަސްވިއެވެ.މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު