ފުލުސް ކުއްތާތަކަށް ޕެންޝަންދެނީ
ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްވަންދެން މަސައްކަތް ކުރަމުން އަންނަ ކުއްތާތަކަށް ޕެންޝަން ދިނުމަށް އިނގިރޭސިވިލާތުގެ ނޮޓިންހަމް ފުލުހުންގެ އިސްވެރިން ނިންމައިފިއެވެ.
އަންނަ މަހުން ފެށިގެން ދޭން ނިންމާފައިވާ 1500 އިނގިރޭސި ޕައުންޑުގެ މިޕެންޝަން ސްކީމްގައި ފުލުސް ކުއްތާތަކުގެ ބޭސްފަރުވާއާއި އެނޫންވެސް ކަންތައްތައް ހިމެނިގެންދާނެއެވެ.
ނޮޓިމްހަމްގެ ޕޮލިސް އެންޑް ކްރައިމް ކޮމިޝަނަރ ޕެޑީ ޓިޕިންގް ހާމަކުރިގޮތުގައި ފުލުހުންގެ އެހެނިހެން އޮފިސަރުންނަށް ތަފާތު ޕެންޝަންތަކާއި އިނާޔަތްތައް ލިބެމުންދާ ގޮތަށް ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއްވަންދެން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުއްތާތަކަށް ޕެންޝަން ދިނުމަކީ އެއީ ވަރަށް މުހިއްމު ކަމެއްކަމުގައި ފުލުހުންގެ އިދާރާއިން ދެކޭކަމަށެވެ.މީގެ ކުރީގައި ފުލުސް ކުއްތާތައް އުމުރުން ދުވަސްވުމުން ފުލުހުންގެ ޚިދުމަތުން ރިޓާޔަރކޮށް ގޭގައި ގެންގުޅުމަށް ގެންދެވެއެވެ. އަދި އޭގެ ޚަރަދު ބަރަދު ކުރުމަށް ފުލުހުންގެ މުއައްސަސާއިން މީގެ ކުރީގައި އެއްވެސް ހޭދައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު