ސީސީ ކެމެރާ ހަރުކޮށްފައިވާ ހޮޅިދަނޑީގައި ތަކެތި ނޭއްސުމަށް އެދެފި
މާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ސީސީ ޓީވީ ކެމެރާ ހަރުކުރުމަށް ޖަހާފައިވާ ދަގަނޑު ހޮޅިތަކުގައި އެއްވެސް އެއްޗެއް ނުއެއްސުމަށް ފުލުހުން އެދެފިއެވެ.
ފުލުހުން މިކަމަށް އެދިފައިވަނީ ބައެއް ފަރާތްތަކުން އެފަދަހޮޅިތަކުގައި ވާ އައްސައި ތަކެތި ހަރުކުރަން ބޭނުންކުރާކަން ފާހަގަ ފާހަގަކުރެވުމުންނެވެ.
ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ޕޮލިސްލައިފްގައި ވިދާޅުވެފައިވަނީ މަގުމަތީގައި ހަރުކޮށްފައިވާ ސީސީ ޓީވީ ކެމެރާތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިވާ ވަސީލަތެއް ކަމަށެވެ. އެފަދަ ކެމެރާތަކުން ލިބޭ ވީޑިއޯ ފްޓޭޖް ބޭނުންކޮށް ތަޙުޤީޤު މަރުޙަލާ އަދި ޝަރީޢަތުގެ މަޖުލީހުގައި އެތައް މަސައްކަތެއް ދަނީ ކުރެވެމުން ކަމަށްވެސް އޭނާ ހަމަކުރައްވާފައިވެއެވެ.
އެހޮޅިދަނޑި ތަކުގައި ބެނާރަފަދަ ތަކެތި އެއްސުމުން އެތަކެތީގައި ވައި އަޅައި ކެމެރާތަކަށް ގެއްލުން ލިބެމުންދާ ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކެމެރާތަރުން ލިބޭ ފުޓޭޖްތައް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު