ހާހަކަށްވުރެ ގިނަޒުވާނުންގެ ކުށުގެ ރެކޯޑު ސާފުކޮށްފި
ޒުވާނުންގެ ތެރެއިން 1023 ޒުވާނުންގެ ކުށުގެ ރެކޮޑު ސާފުކްފި ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
މިއީ ރައްޔިތުންނަށް އަމާން މުޖުތަމައެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުލުހުން ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ފުލުހުން ބުނެފައިވަނީ މިއީ 2013 ވަނަ އަހަރުގެ ކުރިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން %80 މައްސަލަ ތަހުގީގު ނިންމުމަށް ކަނޑައަޅާފައިވާ އަމާޒުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މީގެ ބޭނުމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށް ދިނުމަށް ކުރެއްވި ކަމެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކުށުގެ ރެކޯޑު ފޮހެލައިފައިވާ 1023 ޒުވާނުންނަކީ މިއަހަރުގެ ޖަނަވަރީމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅިފައިވާ 564 މައްސަލައެއްގައި ޝާމިލްވާ ކުދިން ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ. މިއެންމެންގެ ތަހުގީގު މިހާރުވަނީ ނިމިފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިކުދިންގެ ކުށުގެ ރެކޯޓު ސާފުވެފައިވުމުން ކޮމިޝަނަރު އޮފްޕޮލިސް ހުސައިން ވަހީދު ވިދާޅުވެފައިވަނީ ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައި ކުށުގެ ރެކޯޑްސް ސާފުކުރެވިފައިވާ ޒުވާނުން ކުށުގެ މާހައުލު ދޫކޮށް ވަޒީފާއަކަށް ދިޔުމަށެވެ. އަދި ގައުމަށް ފައިދާހުރި މަސައްކަތްކުރާ ޒިންމާދާރު ޒުވާނުންނަށް ވުމަށް މަސައްކަތް ކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު