އީވާ އާއި ޝިފާގެ އިތުރަށް ހަތް މީހަކު ހައްޔަރުކޮށްފި

އެމްޑީޕީން ކުރަމުންދާ މުޒާހަރާގައި ރައްޔިތުންގެމަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރުއީވާ އަބްދުﷲ އާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ގެ އިތުރަށް 7 މީހުން މިއަދު ހަވީރު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މި އެންމެންވެސްހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށް ހުރަސް އަޅާފައިވާތީއެވެ.

 މުޒާހަރާހިނަގަމުންދާ ސަރަހައްދު ފަރީދީމަގު، އެފްޑީއައި ކައިރީގައިހުރި ދުވަސް ނޫހުގެ ރިޕޯޓަރު ބުނީ ޝިފާ ހައްޔަރު ކޮށްފައިވަނީ ބަންޑާރަ މިސްކިތްކައިރިން ކަމަށެވެ. އޭރު އޭނާ ހުންނެވީ މެގަފޯނުން ވާހަކަ ދައްކަވަން ކަމަށެވެ.އީވާ ހައްޔަރު ކުރީ އެބޭފުޅުން ސްޕްރީމް ކޯޓުގެ ކުރިމަތީގައި އިހުތިޖާޖުކުރައްވަމުން ގެންދަވަނިކޮށް ސިފައިން އެމީހުން ފަހަތަށް ޖައްސަވައި ފައިވަނިކޮށްފުލުހުން އައިސް ކަމަށް އޭނާ ބުންޏެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަވަސްކޮށް ދެއްވުމަށް އެދި އެމްޑީޕީންކުރަމުންދާ މުޒާހަރާގައި މީގެ ކުރިންވެސް ވަނީ އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް އެމްޕީންނާއި، އެކްޓިވިސްޓުން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައެވެ. މިމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންގެއަމުރަށް ނުކިޔަމަންތެރި ވުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށްފުލުހުންގެ މީޑިއާއިން ވަނީ ބުނެފައެވެ.

މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާމީހުންނަށް އެމްޑީޕީން ގެންދަނީ ގާނޫނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :