ހޫސީ ޖަމާޢަތުން ދިން ހަމަލާއެއްގައި ދެހާހަށްވުރެ ގިނަ މުސްޙަފް ރޯކޮށްލައިފި

ޔަމަނުގެ އުތުރުގެ ސަރަހައްދުގައި ވަކި ދައުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ހައްދުފަހަނައަޅާފައިވާ ޝީޢީ ޖަމާޢަތެއް ކަމުގައިވާ ޙޫސީ ޖަމާޢަތުން ވާއިލާ ޞަރަޙައްދުގައި ހުންނަ ސުންނީންގެ މައި ތަޢުލީމީ މަރުކަޒެއްކަމުގައިވާ ދާރުލްޙަދީސްއަށް ހަމަލާދީ އެތަނުގެ މިސްކިތް ބިމާ ހަމަކޮށްފިއެވެ.

ދާރުލްޙަދީސްއަށް ޙޫސީ ޖަމާޢަތުން ހަމަލާދީފައިވަނީ 9 ވަރަކަށް ޓޭންކަރާއި ބަރު ހަތިޔާރު ބޭނުންކޮށްގެން ކަމަށް ޚަބަރުތަކުން ބުނެއެވެ.

ހައްދުފަހަނައަޅާފައިވާ މިޓެރަރިސްޓް ޖަމާޢަތުން ދާރުލްޙަދީސްގެ މިސްކިތް މިބާހަމަކޮށް މިސްކިތުގައި ހުރި 2000 އަށް ވުރެ މުސްޙަފާއި އަދި ޙަދީސް ފޮތްތައް އަންދާލާފައިވެއެވެ.

މިޓެރަރިސްޓް ހަމަލާދިނުމަށް އީރާނުން ފަންޑުކުރަމުން އަންނަ ޙޫސީ ޖަމާޢަތުން ތައްޔާރުވަމުން އަންނަ ކަމުގެ ޚަބަރުލިބުމާއި އެކު ދާރުލްޙަދީސްގެ ޝައިޚުންނާއި އަދި ދަރިވަރުންވަނީ އެތަނުން ނިކުމެފައެވެ.

ޚަބަރުތަކުން ހާމަކުރާގޮތުގައި މިހަމަލާގައި ސުންނީންގެ ފަސް މީހުން މަރުވެފައިވެއެވެ.

ޙޫސީ ޖަމާޢަތުން ވާއިލާގެ ދާރުލްޙަދީސް ބިމާ ހަމަކޮށްފައިވާއިރު އެ ޖަމާޢަތުންވަނީ ޔަމަނުގެ މަޝްހޫރު ސުންނީ ތަޢުލީމީ މަރުކަޒު ދައްމާޖުގެ ދާރުލްޙަދީސް ހިޞާރުކޮށްފައެވެ.

މިޖަމާޢަތުން ދައްމާޖު ހިސާރުކޮށްފައިވާތީ މިއަދަށް 83 ދުވަހަށްވެފައިވާއިރު މިމައްސަލައާއި މެދު މީޑިއާއިންނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކައި ބެހޭ ޖަމާޢަތްތަކުންނާއި އަދި މުސްލިމު ޤައުމުތަކުން މާބޮޑު ސަމާލުކަމެއް ދީފައިނުވެއެވެ.

ޔަމަނުގެ ސުންނީންނަށް ޙޫސީން މިފަދަ ޓެރަރިސްޓް ހަމަލާދީ އެތަކަށް އަޚުންނާއި އުޚްތުން މިހައިތަނަށް މަރާލާފައިވާއިރު އެމެރިކާއިން ބުނެފައިވާގޮތުގައި ޙޫސީ ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެކޭ ބުނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. އަދި އެމެރިކާއިން ބުނާގޮތުގައި ހޫސީ ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް އެމެރިކާއިން އަދި އދ. އިންވެސް ޤަބޫލުނުކުރާ ކަމަށެވެ

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :