ފާސްޓް އެންޑް ފިއުރިއަސްގެ ތަރި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ
އާދަޔާ ޚިލާފު ކާރު ސްޓަންޓުތައް ދައްކައުވައިދޭ މަޝްހޫރު ސިލްސިލާ ފިލްމުތައް ކަމުގައިވާ ފާސްޓް އެންޑް ފިއުރިއަސްގެ ތަރި، ޕައުލް ވޯކަރ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓު މެދުވެރިވާން ދިމާވީ ޕައުލް ވޯކަރގެ ޕޯރޝް ޖީޓީ ބްރޭންޑުގެ ކާރު ކޮންޓްރޯލުން ނެއްޓި މަގުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. އަދި ކާރު އެވަގުތު ދުއްވަން އިނީ ޕައުލްގެ ރަޙްމަތްތެރިއެކެވެ.
40 އަހަރުގެ ޕައުލް ވޯކަރ އެކްސިޑެންޓުވީ އޭނާގެ ރަޙްމަތްތެރިޔަކާ އެކު ޗެރިޓީ ރީޗް އައުޓް ވޯލްޑް ވައިޑްގެ ހަފްލާއަކަށް ދިޔަ މަގުމަތީގައެވެ.
މިނުރައްކާތެރި އެކްސިޑެންޓުގައި ޕައުލް ވޯކަރގެ އިތުރަށް ކާރުދުއްވަން އިން އޭނާގެ ރަޙްމަތްތެރިޔާވެސް މަރުވިއެވެ.
ޚަބަރުތައް ބުނާގޮތުން މިއެކްސިޑެންޓް ހިނގާފައިވަނީ އެމެރިކާގެ އުތުރު ލޮސް އެންޖަލިސްގެ ސެންޓާ ކްލަރިޓާ ސަރަޙުއްދުގައެވެ. އަދި ހޮޅިދަނޑީގައި ކާރު ޖެހުމާ އެކު ކާރުގައި އަލިފާންވެސް ހިފިއެވެ.
ކިޔުންތެރިންގެ ހިޔާލު