ސީޕީ ރިޔާޒާމެދު މިނިސްޓަރު ފިޔަވަޅު އަޅުއްވާފައެއް ނުވޭ -ޕީއައިސީ

ޕޮލިސް އިންޓަރ ގްރިޓީ ކޮމިޝަން (ޕީއައިސީ) ގެލަފައާ އެއްގޮތަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާ މެދު ހޯމްމިނިސްޓަރުފިޔަވަޅު އަޅުއްވާފައި ނުވާކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީގެރައީސް ޑރ. އަބްދުﷲ ވަހީދު މިއަދު ވިދާޅު ވެއްޖެއެވެ.

މިއަދު ބޭއްވީ ރައްޔިތުންގެ މަޖިލީހުގެއިމްތިޔާޒު ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވަހީދު ވިދާޅުވީރައީސް ނަޝީދަށް ވޯޓު ނުދިނުމަށް މީހަކު ރިޔާޒަށް ފޮނުވާފައިވާ ސިޓީއެއް ރިޔާޒު ޓްވީޓްކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން ރިޔާޒާ މެދު އިދާރީފިޔަވަޅެއް އެޅުމަށް ހޯމްމިނިސްޓަރަށް ލަފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސްމިހާތަނަށް ރިޔާޒާ މެދު ފިޔަވަޅު އެޅުމަށްފަހު އަންގަވާފައި ނުވާކަމަށް އޭނާވިދާޅުވިއެވެ. ވަހީދު ވިދާޅުވީ ފިޔަވަޅު ނާޅައިފިނަމަ ސަބަބު ބަޔާންކޮށްޕީއައިސީއަށް އަންގަން ޖެހޭ ކަމަށެވެ.

ރިޔާޒު ޓްވީޓް ކުރައްވާފައިވާ ސިޓީގައިބުނެފައިވަނީ ރައީސް ނަޝީދަކީ ފުލުހުންނަށް އޯގާތެރި ބޭފުޅެއް ކަމަށް ދައްކަވަންމަސައްކަތް ކުރައްވަނީ "އެއްބުރުން" ފޭލިވާދާނެތީ ކަމަށެވެ. އަދި 2012ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ފުލުހުން ހިންގި އަމަލަކީ ޖިހާދެއްކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުން ނަޝީދަށް ވޯޓުނުދޭން ސިޓީގައި ގޮވާލާފައިވެއެވެ.

ޕީއައިސީން ބުނާ ގޮތުގައި މިސިޓީ ރިޔާޒު ޓްވީޓްކުރެއްވުމަކީ ފުލުހުންގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ 3 އާއި 69 ވަނަ މާއްދާގެ(ށ) އާ ޚިލާފު ކަމެއް ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :