މަޖިލިސް ހޫނުވެ ޖަލްސާ މިރެއަށް ފަސްކޮށްފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކުއްލިޖަލްސާގައި ބައެއް މެންބަރުން ހިތްހަމަ ނުޖެހިގެން މަޖިލީހުގެ ބައެއް ސާމާނުތަކަށް ގެއްލުން ދީފައިވާތީ މަޖިލިސް މެދުކަނޑާލުމަށް ފަހު މިރޭ އަލުން ބާއްވާ ގޮތަށް ނިންމައިފިއެވެ.

މިއަދުގެ ޖަލްސާއަކީ މަޖިލިސް ޗުއްޓީގައި އޮއްވައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހުށަހެޅުމަށް ބޭއްވި ޖަލްސާއެކެވެ. މިއަދުގެ ޖަލްސާއިން ފެނިގެން ދިޔައީ މެންބަރުންގެ ހިތްހަމަ ނުޖެހުންތަކާއެކު ރުޅިގަދަވެ ޒުވާބު ކުރަމުންދިޔަ މަންޒަރު ތަކެވެ.

 މިއަދުގެ ޖަލްސާ މެދު ކަނޑާލުމަށްފަހު މަޖިލީހުގެ ރައީސް މަސައްކަތް ކުރެއްވީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުނާ މަޝްވަރާ ކުރައްވައިގެން ވެސް ހައްލެއް ލިބޭތޯ މަޖިލީހުގެ ރައީސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެ މަޝްވަރާތަކުންވެސް ކުރި އެރުމެއް ލިބިފައެއް ނެތެވެ. ނަމަވެސް މަޖިލީހުން މިހާރު ނިންމާފައިވަނީ މިރޭ 9.00 ގައި އަލުން މަޖިިސް ފެށުމަށެވެ.

މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން އެދިފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ނެގި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންނާއިމ ގާނޫނު އަސާސީގެ ބާރުކަނޑުވާ ލުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ބުނެ އެކަން ހައްލު ކުރުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރުމަށެވެ.

 މިއަދު ހެނދުނު 9:00ގައި ފަށަން އޮތް ޖަލްސާ ފެށިފައިވަނީ ފަށަން އޮތް ގަޑިއަށްވުރެ 30 މިނިސްޓް ފަހުންނެވެ. 9.30 ގައި ފެށި ޖަލްސާ ފަށައިގެން ކުރިއަށް ގެންދެވޭގޮތެއް ނުވީ މެންބަރުން އަޑުގަދަކޮށް ޒުވާބު ކުރަން ފެށުމުންނެވެ.

މިއަދުގެ ޖަލްސާގައި މެންބަރުންވަނީ އިދާރީ މޭޒުގައި ތިއްބެވި މުވައްޒަފުންނަށް އުނދަގުވާ ވަރަށް މަޖިލީހުގެ ތަޅުމު "ހޫނު" ކޮށްފައެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީއާ އިދިކޮޅު މެންބަރުންވަނީ މަޖިލީހުގެ ތަޅުމަށް ވުވުޒެލާ އާއި ކަށިގަނޑު ވައްދައި އަޑުގަދަ ކޮށްފައެވެ.

12:14ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް މުގައްރިރަކު ހޮވުމަށް މިއަދި ބޭއްވި ކޮމިޓީ ބައްދަލުވުންވެސް ހޫނުވެ އެބައްދަލުވުންވެސް މިއަދު ވަނީ ހުއްޓާލާފައެވެ. މިކޮމިޓީ ހިނގަމުންދަނީ ކުކުޅުބިސްވެސް ވަނީ ޖަހައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކަށިގަނޑު ފުމުމާއި. ވޫޒެލާވެސްވަނީ ފުމެފައެވެ.

މިއަދުގެ މަޖިލީހުގައި އެމްޑީޕީ އާއި ޕީޕީއެމްގެ މެންބަރުން ވަނީ ހުތުރުބަހުން ބަހުގެ ހަމަލާ ބަދަލުކޮށްފައެވެ. ބައެއް މެންބަރުން "ހޫނުވެ" ޒުވާބު ކުރަމުންދިޔައި އެމީހުން "ފިނި" ކުރުމަށްވެސް ބައެއް މެންބަރުންވަނީ މަސައްކަތް ކޮށްފައެވެ.

 ގިނަ އަދަދެއްގެ ނިޒާމީ ނުކުތާ ނެގި މިޖަލްސާގައި މެންބަރުން ވާހަކަ ދައްކަމުންދިޔައި އިރު މައިކު ކައިރިއަށްގޮސް ބައެއް މެންބަރުންވަނީ އުނދަގޫ ކުރައްވާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :