މޮލްޑޯވާގެ ޖަލަކަށް ގަންޖާ އެތެރެކުރަން އުޅުނު ބުޅަލެއް ހައްޔަރުކޮށްފި
ޔޫރަޕްގެ ޤައުމެއް ކަމުގައިވާ މޮލްޑޯވާގެ ޕްރުންކަލް ވާދީގެ ޖަލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބުޅަލެއް ޖަލު ބަލަހައްޓާ އޮފިސަރުން ހައްޔަރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކުރެވުނު މިބުޅާ ޖަލަށް އެތެރެކުރަން އުޅުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ގަންޖާ ނުވަތަ ކެނަބިސްއެވެ.
ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރުން ބުޅާ ހައްޔަރުކުރިއިރު ބުޅަލުގެ ކަރުގައި އަޅުވާފައިވާ ފަށުން ދެޕެކެޓް ގަންޖާ ފެނިފައިވެއެވެ. ޖަލުބަލަހައްޓާ އޮފިސަރުން މިބުޅާ ހައްޔަރުކޮށްފައިވަނީ މިބުޅާ ޖަލުތެރެއަށް މާގިނައިން ވަދެ ނިކުމެ ހަދާތީ ޝައްކުވެގެން ކަމުގައި އެފަރާތުން ހާމަކުރެއެވެ.
މިބުޅާ ހައްޔަރުކުރި މަންޒަރުދައްކައިދޭ ވީޑިއޯއެއް މޮލްޑޯވާގެ މިނިސްޓްރީ އޮފް ޖަސްޓިސްއިންވަނީ ޔޫޓިއުބްގައި ޕޯސްޓްކޮށްފައެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު