މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓް ތަކަކާއެކު ކުއްޖަކު ހައްޔަރު ކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ހަވީރު ފަސްގަޑިބައިގައި އައްޑޫސިޓީ ހުޅުދޫން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އެރަށު ޖެޓީ ސަރަހައްދުން ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. އޭނާ ހައްޔަރު ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓް އޭނާ ލައިގެންހުރި ސޯޓުގެ ޖީބުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު