ސްޕްރީމްކޯޓުގެ ހުކުމާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް އަމުރުކޮށްފި
ސްޕްރީމްކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގައިޑުލައިންތަކާ އެއްގޮށް ނޮވެމްބަރުމަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކުރިއަށް ގެންދިޔުމަށް ސްޕްރީމްކޯޓުން އަމުރެއް ނެފިއެވެ.
މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ މި މަމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރި އިންތިޚާބު ނުބޭއްވި ދިޔުމަކީ ގައިޑްލައިންތަކާ ޚިލާފަށް އިންތިޚާބު ބާއްވަން ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ސްޕްރީމްކޯޓުގެ އަމުރުގައިވެއެވެ. އެހެންކަމުން އެކޯޓުން ދީފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އިންތިޚާބު ބޭއްވިމަށް އިލެކްޝަންސް ކޮމިޝަނަށާއި، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އަންގައި އަމުރު ކުރާ ކަމަށް ސްޕްރީމް ކޯޓުން ބުނެފައިވެއެވެ.
މިއަމުރުގައި ބުނެފައިވަނީ ސްޕްރީމްކޯޓުގެ ގައިޑްލައިނުގައި ދީފައިވާ ތާރީޚު ތަކުގައި ރިޔާސީ އިންތިޚާބު ނުބޭއްވި ލަސްވެގެން ދިޔުމަކީ ގައިޑްލައިނާ ޚިލާފަށް އިންތިޚާބު ބޭއްވުމަށް އޮތް ގާނޫނީ ސަބަބެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުން ދީފައިވާ ގައިޑްލައިންތަކާ ޚިލާފަށް އިންތިޚާބު ބޭއްވުމަކީ ގާނޫނީ ގޮތުން ހުއްދަ ކުރެވޭނެ ސަބަބެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.
ސްޕްރީމްކޯޓުން ގައިޑްލައިންތަކެއް ދެއްވީ އެކި އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދެފުށް ފެންނަ ގޮތަށް ބޭއްވުމަށް މަގުފަހި ކުރުމެވެ. އަދި އެއްވެސް ބާވަތެއްގެ ހުރަހެއް ނެތި ވޯޓުލުމުގެ ހައްގު ބޭނުން ކުރެވޭ އިންތިޚާބަކަށް ހެދުމަށް ބާރު އެޅުއްވުމެވެ.
ކިޔުންތެރިންގެ ހިޔާލު