Home | ރިޔާސީ އިންތިޚާބު | އިންސާފުވެރި އިންތިޚާބަކުން ހޮވޭ ކޮންމެ ވެރިއަކާ އެކު އަތުގުޅާލާނަން: ގާސިމް

އިންސާފުވެރި އިންތިޚާބަކުން ހޮވޭ ކޮންމެ ވެރިއަކާ އެކު އަތުގުޅާލާނަން: ގާސިމް

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ގުޅުމުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ. އެމަނިކުފާނު ވިދާޅުވީ ވަކިފަރާތަކަށް ބުރަނުވެ އިންތީޚާބެއް ބޭއްވުން ވަރަށް މުހިންމު ކަމަށެވެ. "އެތެރެއާއި ބޭރު ފެންނަ އިންސާފުވެރި އިންތިޚާބެއް ބޭއްވުން" ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ އިންތީޚާބެއް ބޭއްވުމުން އެކަކު އަނެކަކާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްކުރާކަށް ނުޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ މުސްތަގުބަލް އާރާސްތު ވެގެންދާނީ އެންމެން އެއްބައި ވެގެން ކަމަށެވެ. "ކޮންމެ މީހަކު ވެރިކަމަށް ވަޑައިގެންނެވިޔަސް އަޅުގަނޑު އެބޭފުޅަކާ އަތާއަތް ގުޅާލާނަން" އެމަނިކުފާނު ވިދާޅުވިއެވެ. ގައުމު އާރާސްތު ކުރެވޭނީ "ފަނާ ކުރުވަނިވި ކަންކަމުން ދުރުހެލިވެގެން" ކަމަށްވެސް އެމަނިކު ފާނު ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ޓްރޭޑާސް ހޮޓަލުގައި ބައްދަލު ކުރެއްވީވެސް ނޮވެމްބަރު 11ގެ ފަހުން ގައުމުގައި އިންތިޚާބު ކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ނެތި ގައުމުގައި ހިނގާފާނެ ހަމަނުޖެހުމަކުން ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.