ޝުކުރުވެރިކަމާއި އުފާވެރިކަން ހުއްޓެވެ. މިނިވަންކަމުގެ ނިއުމަތަށްޓަކައެވެ. ސާބަހާއި ތައުރީފު ހުއްޓެވެ. މިނިވަންކަމުގެ ބަތަލުންގެ ގުރުބާނީ އަށްޓަކައެވެ. އަދަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ބައިގަރުނުވީ ދުވަހެވެ. މިއަދުގެ އިރު ދިވެހި އުދަރެހުން ފާއްދާލީ ހިނިތުންވުމުގެ ދޯދިތަކާއެކުގައެވެ. މިހިނދު ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރެއިން މުހިންމު ކަންކަމަށް ބަލައިލުމަކީ އޮތްކަމެކެވެ.
ހަޔާތުގެ އުންމީދުތައް އިތުރުކުރުވަމުން ތައުލީމީ އާ އަހަރެއް ފެށުނީއެވެ. މިއަހަރަކީ ދިވެހިރާއްޖޭގެ ތައުލީމުގެ ގައުމީ މަންހަޖު (ނޭޝަނަލް ކަރިކިއުލަމް) އަށް 30 އަހަރު ފުރި 31 އަށް ފެށޭ އަހަރެވެ....
2014 ވަނަ އަހަރު އޭގެ ދަންފަޅި ހަމަކޮށް ފަސްދީ ހިނގައްޖެއެވެ. ފަސްދީ އެދިޔަ ޒަމާނުން އިބުރަތްތަކެއް ހޯދަން ގޮވައިލަމުންނެވެ. އޮއްސެންދާ އިރަށް ކުރިމަތިލައި، ދަތްދޮޅީގައި އަތް ވިއްދައިގެން ނުތިބުމަށް ގޮވައިލަމުންނެވެ....
މިއަދަކީ ބަރަކާތްތެރި ފިޠުރު އީދު ދުވަހެވެ. ނަމަވެސް މުސްލިމުން އީދުގެ ވެދުން ކުރުމަށްޓަކައި ރޭ ފަތިސްދަމަށް ތުންހުޅުވުނު ފިނިފެންމާތަކުގެ ކަރުގަނޑުން ފިޔަތަކުގެ މައްޗަށް ކޯރު ދެމެމުން އެދަނީ ޝަބްނަމުގެ ތިކިތަކެއް ނޫނެވެ. ފަލަސްޠީނުގެ މުސްލިމުންގެ ހާލަށްޓަކައި ލޯތަކުން އޮހޮރެމުންދާ ވޭނީ ކަރުނަތަކެވެ....
ރަމަޟާން މަހަކީ މުސްލިމުންނަށް ވަކިން ޚާއްސާ މައްސަރެކެވެ. އަޅުގަކަމާއި ތަގުވާގެ މައްސަރެކެވެ. ރުއްސެވުމާއި ފުއްސެވުމުގެ މައްސަރެކެވެ. މިއަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔާހިނދު އެމަހުގެ އެންމެމަތިވެރި މަންފާ ލިބިގަތުމަށް ނިޔަތްގަނެ އެގޮތުގައި ހިންމަތްކުރުން ހުއްޓެވެ....
މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އާދެ، މުލަ ރޯދަ ދުވަހެވެ. ރަމަޟާން މަހަކީ ކޮންމެ އަހަރަކު އަޅުގަނޑުމެންނާ ބައްދަލު ކުރާ އުފާވެރި މައްސަރެކެވެ. އުފާވެރި މައްސަރަކަށް ވަނީ އެ މައްސަރުގައި އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެއްގެ ސަބަބުންނެވެ....
މީލާދީ ކަލަންޑަރުގެ އަހަރު ބަޔާންކުރާ ނަންބަރުގެ ކަނާތްފަރާތުގެ އަދަދު ބަދަލުވުމަކީ އެއްވެސް ގޮތަކުން ޚާއްސަ ކަމެއް ނޫނެވެ. ނަމަވެސް އުފާވެރި އާ އަހަރެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކު އެކަންފާހަގަ ކުރެއެވެ. މިއިން ނުކުންނާނެ ނަތީޖާ އަކީ ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށްފަހު އަލުން ރޭވޭ ރޭވުންތަކާ އެކު އިތުރު ކާމިޔާބަކަށް ކުރެވޭ އުންމީދެވެ. ނަމަވެސް ދިވެހިރާއްޖެ 2014 ވަނަ އަހަރާ ކުރިމަތި މިލަނީ ވަރަށް ގިނަގުނަ މާނަތަކަކާ އެކުގައެވެ. ބޮޑެތި އުންމީދުތަކަކާ އެކުގައެވެ....
މިއަދަކީ "އެއްބައިވަންތަކަމުގެ ދުވަސް" ގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުންދާ ދުވަހެވެ. މިދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފަށާއިފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާއަށް ފަހުގައެވެ. އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި 26 ޑިސެމްބަރ ފާހަގަ ކުރަނީ ރާއްޖެއަށް ސުނާމީއެރި ދުވަހު ދިވެހި ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމަށްޓަކައެވެ....
މިއަދަކީ މާތްވެގެންވާ ޙައްޖު ދުވަހެވެ. ނުވަތަ ޢަރަފާތް ދުވަހެވެ. މިދުވަހުގެ ހެޔޮކަމުގެ ބޮޑުކަމާއެވެ. ޢަރާފާތުގެ އަހުލުވެރިންނަށް ﷲ ދެއްވާ ސަވާބުގެ ގިނަކަމާއެވެ....
މިއަދަކީ ރާއްޖޭގެ މުޅި ތާރީޚުގައި ފާހަގަ ކުރެވޭ ހުކުމެއް ކުރަން ތާވަލު ކޮށްފައިވާ ދުވަހެކެވެ. މި ހުކުމަކީ ރާއްޖޭގެ ގާނޫނީ ހަޔާތުގައި އިންޖަހައިދޭނެ ހުކުމެކެވެ. ޑިމޮކްރަސީއޭ ކިޔާ ދަތުރުގައި ދިވެހިރާއްޖެ އޮތް ޕޮއިންޓް މި ހުކުމުން ދައްކައިދޭނެއެވެ. ގާނޫނުގެ ވެރިކަމެއް އަށަގެންނެވުމަށާއި އިންސާނީ ކަރާމަތަށްޓަކައި ދިވެހިންވީ ގުރުބާނީގެ ނަތީޖާ މި ހުކުމުން ދައްކައި ދޭނެއެވެ....