Home | ރިޔާސީ އިންތިޚާބު | އިންތިޚާބު ފަސްކުރުމަށް ސްޕްރީމް ކޯޓުން އަމުރު ނެރެފި

އިންތިޚާބު ފަސްކުރުމަށް ސްޕްރީމް ކޯޓުން އަމުރު ނެރެފި

ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 7 ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވާފައިވާ އަމުރުގައި ވަނީ އެކޯޓުން ބަލަމުންދާ މައްސަލައެއް ވަކިގޮތަކަށް ނިމެންދެން އިންތިޚާބު ފަސްކުރުމަށެވެ. މިމައްސަލައަކީ އިންތިޚާބުގެ ފުރަތަމަބުރުގައި މައްސަލަތަކެއް ހުރިކަމަށްބުނެ ޖުމްހޫރީޕާޓީން އިންތިޚާބު ބާތިލްކޮށް އަލުން ބޭއްވުމަށް އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

އިންތިޚާބު ފަސް ކުރުމަށް ސްޕްރީމްކޯޓުން އަމުރު ނެރެފައިވަނީ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގ ގެ ދަށުންނެވެ.

މިރޭ ނެފައިވާ އަމުރުގައި ސޮއިކުރައްވާފައިވަނީ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ހަމީދެވެ.

މިއަމުރު ނެރެފައިވަނީ "ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށާއި މި ބާވަތުގެ މައްސަލަތަކުގައި އަމުރު ނެރެން ޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި މި މައްސަލައިގެ ބާވަތައް ބަލައި ވިސްނުމަށް ފަހު" ކަމަށެވެ.

މިއަމުރު ނެރެފައިވިޔަސް މިމައްސަލައިގެން އަޑުއެހުންތައް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން އިއްޔެއާއި، މިއަދު ވަނީ ހެކިންގެ ހެކިބަސް ނެގުމެވެ.

ސްޕްރީމް ކޯޓުން މިއަމުރު ނެރުނުއިރު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުންވަނީ އަންނަ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުމަށް ގަރާރެއް ފާސްކޮށްފައެވެ.