ޔަހޫދީ ދައުލަތުން ފަލަސްތީނުގެ 16 ރައްޔިތަކު ހައްޔަރު ކޮށްފި
ޔަހޫދީ އިސްތިޢުމާރީ ދައުލަތުން ފަލަސްތީނުގެ 16 ރައްޔިތަކު ހުޅަނގު އައްސޭރީގައި ހައްޔަރު ކޮށްފައިވާކަމަށް ޔަހޫދީ އިސްތިޢުމާރީ ދައުލަތުގެ ސަލާމަތީ ބާރުންނާއި ފަލަސްތީނުގެ ސަލާމަތީ ބާރުން ހާމަކޮށްފިއެވެ.
ހުޅަނގުއައްސޭރީގެ ހިބްރޫން އަވަށުގައި ފަލަސްތީނުގެ 16 ރައްޔިތުން ގަދަބާރުން ހައްޔަރު ކޮށްފައިވާއިރު ޔަހޫދީ އިސްތިޢުމާރީ ދައުލަތުގެ ޚާއްސަ ފުލުހުންގެ ޔުނިޓަކުން ވަނީ ހަމަ އެސަރަޙައްދުން ބަޑި ޖަހައި މުސްލިމުންގެ ތިން މީހަކު މަރާލާފައެވެ.
ފަލަސްތީނުގެ ޚަބަރުފަތުރާ ވަސީލާތްތަކުން ހާމަކުރާގޮތުގައި ޔަހޫދީ އިސްތިޢުމާރީ ދައުލަތުން ވަނީ ފަލަސްތީނުގެ މުސްލިމުން ހައްޔަރުކުރުމުގެ އިތުރުން އެމީހުންގެ ގެތައް ބަލައި ފާސްކޮށް އެމީހުންގެ ފޯނުތަކާއި ކޮމްޕިއުޓަރުތައް ބަލައިފައެވެ.
ޔަހޫދީ އިސްތިޢުމާރީ ދައުލަތުން ބުނާގޮތުގައި މި 16 މީހުންނަކީ ޔަހޫދީ އިސްތިއުމާރުގެ ދާޚިލީ ޖާސޫސީ އިދާރާއިން ހޯދަމުން ދާމީހުން ކަމަށާއި އަދި މިހާރު އެމީހުން ތިބީ އެއިދާރާގެ ބެލުމުގެ ދަށުގައެވެ.
ކިޔުންތެރިންގެ ހިޔާލު