ބައްޕައަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލުމަށްފަހު އަމިއްލައަށް މަރުވެއްޖެ

އެމެރިކާގެ ސްޓޭޓެއްގެ ސެނެޓާއެއްގެ ދަރިޔަކު އޭނާގެ ބައްޕަގެ ބޮލަށާއި މެޔަށް ވަޅިން ހަމަލާދިނުމަށްފަހު އަމިއްލަ ބޮލަށް ބަޑިޖަހައި އަމިއްލައަށް މަރުވެއްޖެއެވެ.

ވާޖީނިއާ ސްޓޭޓްގެ ސެނެޓާ ކްރެއި ޑީޑްސްގެ ދަރިޔަކު އޭނާގެ ގަޔަށް ވަޅި ހެރުމުގެ މައްސަލައާއި އަމިއްލައަށް މަރުވުމުގެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ހާމަކުރާގޮތުގައި މިހާދިސާ ހިނގާފައިވަނީ ޑީޑްސްގެ އަމިއްލަ ގޭގައި ކަމަށާއި އަދި އެގޭގައި އެވަގުތު ތިބީ ޑީޑްސް އާއި އޭނަގެ ދަރި ގަސްއެވެ. އަދި ހާދިސާ ހިނގާފައިވާގޮތުގެ ތަހްގީގް ރިޕޯޓަށް ބަލާއިރު މިމައްސަލާގައި އިތުރު މީހެއްގެ އަތެއް ވާކަން އަދި ބެލެވެން ނެތްކަމަށް ފުލުހުން ބުނެއެވެ.

ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި ޒަޚަމްވެފައިވާ ޑީޑްސްގެ ޙާލު ދަނީ ރަނގަޅުވަމުންނެވެ. ނަމަވެސް އޭނާ އަދިވެސް އޮތީ ވަރަށް ސީރިއަސް ޙާލަތެއްގައި ކަމަށް ޚަބަރުތަކުން ބުނެއެވެ.

ރިޗުމަންޑް ޓައިމްސްއިން މައުލޫމާތު ދީފައިވާގޮތުގައި ގަސް އަކީ ނަފްސާނީ ބައްޔަށް ފަރުވާ ދެމުންދާ މީހެކެވެ. އަދި މިހާދިސާ ހިނގާފައިވަނީ ބެތު ކޮމިއުނިޓީ ހޮސްޕިޓަލުގެ ނަފްސާނީ ބައްޔާބެހޭ ބައިގައި އެނދުތައް ފުރިފައިވާތީ އޭނާ ގެއަށް ބަދަލުކޮށްފައިވަނިކޮށެވެ.

2009 ގައި ޑީޑްސް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވާގޮތުގައި ގަސް އަކީ އޭނާ ވަރަށް ލޯބިވާކުއްޖެކެވެ. "އޭނާ އަހަރެންނަށް ބޭނުންވޭ. އަދި އަހަރެން އޭނާއަށް ބޭނުންވޭ،" ގަސް އާއި އެކު ބޭއްވި ކެމްޕެއިން ހަފްލާއެއް ނިންމާލުމަށްފަހު ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑީޑްސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :