އެމެރިކާއިން ޕާކިސްތާނަށް ދެމުން އަންނަ ހަމަލާތަކުގައި 3000 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ
އެމެރިކާއިން ޑްރޯން ބޭނުންކޮށްގެން ޕާކިސްތާނަށް ދެމުން އަންނަ ޓެރަރިސްޓް ހަމަލާތަކުގައި މިހައިތަނަށް 3000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ޕާކިސްތާނުން ހާމަކޮށްފިއެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މައްސަލަތައް ތަޙްޤީޤްކުރާ ބޭފުޅެއް ކަމުގައިވާ ބެން އެމަރސަން ހާމަކޮށްފައިވާ ގޮތުގައި ޕާކިސްތާނުން މިކަން ވަނީ އދ. އަށް ކަށަވަރުކޮށްދީފައެވެ.
މިމައްސަލައާ ގުޅިގެން އެމެރިކާގެ ޑްރޯންތަކުން މަރާލެވިފައިވާ މީހުންގެ ޢަދަދު ކަށަވަރުކޮށްފައި އެމެރިކާއިންވެސް ހާމަކުރުމަށް އެމަރސަން ވަނީ އެމެރިކާ ސަރުކާރަށް ގޮވާލާފައެވެ.
ޕާކިސްތާނާއި އަދި އެޤައުމާއި އިންވެގެން އޮންނަ އަފްޣާނިސްތާނަށް ދެމުން އަންނަ ޑްރޯން ހަމަލާތަކުގައި އިނގިރޭސިވިލާތުންނާއި އަދި ޔަހޫދީ އިސްތިޢުމާރުންވެސް ބައިވެރިވެފައިވާކަމަށް އދ. ގެ ފަރާތްތަކުން ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުގައި ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، އެމެރިކާއިން ޕާކިސްތާނުގެ ޤަބީލާ ހިސާބުތަކަށް ޑްރޯން ބޭނުންކޮށްގެން ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެސަރަހައްދުތަކުގައ ދިރިއުޅެމުންގެންދާ މުސްލިމުންވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އަދި ރނަމާދުކުރުމަށް މިސްކިތްތަކަށް ދިއުމަށް ރައްޔިތުން ޖެހިލުންވާކަމުގައިބުނެ އެސަރަޙައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"މިއީ ވަރަށް ހިތާމަހުރިކަމެއް. ނަމަވެސް މިއީ ޙަޤީޤަތަކީ. ޑްރޯންގެ ހަމަލާތަކުގެ ސަބަބުން އަޅުގަނޑުމެންނަކަށް ނުކެރޭ ތަރާވީޙް ނަމާދުކުރުމަށް މިސްކިތްތަކަށް ދާކަށް،" އުތުރު ވަޒަރިސްތާނުގެ ދަޓަޚަލް އަވަށުގެ ރައްޔިތެއްކަމުގައިވާ ރާހަތު ދާވަރު އޮންއިސްލާމްއަށް މަޢުލޫމާތުދިނެވެ.
މިވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވަޒަރިސްތާނުގެ ހިސާބުތަކަށް އެމެރިކާއިން ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެހިސާބުގެ އެތަކެއް ސަތޭކަ މުސްލިމުންނެއް ވަނީ މަރުވެފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އަދި މުސްކުޅިންވެސް ހިމެނެއެވެ.
“ޑްރޯން ހަމަލާތައް އަމާޒުކުރަނީ ތާލިބާނުންގެ މަޖްލިސްތަކަށްކަމަށް އެމެރިކާއިން ދައުވާކުރަނީ. ނަމަވެސް ދުވަހަކުވެސް އެހަމަލާތަކުގައި އާންމު ރައްޔިތިން ނޫން މީހުން މަރުވާތަނެއް ނުފެނޭ،” ދާވަރު ކިޔައިދިނެވެ.
ކިޔުންތެރިންގެ ހިޔާލު