ޚަލީފާ އިބްރާހީމް (އަބޫބަކުރު އަލްބަޣްދާދީ) ދެއްވާފައިވާ ހުކުރު ޚުޠުބާގެ ނުރަސްމީ ތަރުޖަމާ

image

މިއީ މޫޞަލްގެ ޖާމިޢުއްނޫރީ މިސްކިތުގައި 1435 ވަނަ އަހަރުގެ ރަމަޟާން މަހުގެ 6 ވީ ހުކުރު ދުވަހު އިސްލާމީ ދައުލަތުގެ އަމީރު ޚަލީފާ އިބްރާހީމް (އަބޫބަކުރު އަލްބަޣްދާދީ) ދެއްވާފައިވާ ހުކުރު ޚުޠުބާގެ ނުރަސްމީ ތަރުޖަމާއެކެވެ.

ފުރަތަމަ ޚުތުބާ:

ހަމަކަށަވަރުން އެންމެހައި ޙަމްދާއި ތަޢުރީފެއް ހުރީ الله تعالىގެ ޙަޟްރަތަށެވެ. އަޅަމެން އެކަލާނގެއަށް ޙަމްދުކުރަމެވެ. އަދި، އެކަލާނގެ ޙަޟްރަތުން ވާގިވެރިކަމަށް އެދެމެވެ. އަދި، ފާފަފުއްސެއްވުން އެދި އެކަލާނގެ ޙަޟްރަތަށް ދުޢާދަންނަވަމެވެ. އަދި، އަޅަމެންގެ ނަފްސުތަކުގައިވާ އެންމެހައި ނުބައިކަންކަމުންނާއި، އަޅަމެންނަށް ކުރެވޭ އެންމެހައި ނުބައި ޢަމަލުތަކުން، -އެއްކިބާވެ ސަލާމަތްވުމަށްޓަކައި- الله تعالىގެ ރައްކާތެރިކަމަށް އެދެމެވެ. الله تعالى މީހަކަށް ތެދުމަގުދައްކަވައިފިނަމަ، އެމީހަކު މަގުފުރައްދާނޭ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހަކަށް، ތެދުމަގު ދައްކާނޭ ފަރާތެއްވެސް ނުމެވެއެވެ. އަދި، ހަމަކަށަވަރުން، الله تعالىފިޔަވައި އަޅުކަންކުރުން ޙައްޤު ކަލަކު ނުވާކަމަށް، އަޅުހެކިވަމެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި، ހަމަކަށަވަރުން، މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާކަމަށާއި އަދި ރަސޫލާކަމަށް، އަޅުހެކިވަމެވެ. މާތްﷲ އިތުރު އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ގިނަގުނަ ޞަލަވާތާއި ސަލާމްލައްވާށި!

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلاَّ وَأَنْتُمْ مُسْلِمُونَ . [آل عمران: 102] "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބިރުވެތިވެ، ތަޤްވާވެރިވުން ޙައްޤުގޮތުގައި، ތިޔަބައިމީހުން الله تعالىއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ! އަދި، މުސްލިމުންކަމުގައިވާޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!"

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلاً سَدِيداً * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزاً عَظِيماً [الأحزاب: 70، 71] "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން الله تعالىއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ! އަދި، ސީދާވެގެންވާ ބުނުމުން، ތިޔަބައިމީހުން ބަސްބުނާހުށިކަމެވެ! އެހިނދުން، ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ އިޞްލާޙުކޮށްދެއްވައި، އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް، އެކަލާނގެ ފުއްސަވާނެތެވެ. މާތް الله تعالىއަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވެއްޖެމީހާ، ފަހެ، ހަމަކަށަވަރުން މަތިވެރިވެގެންވާ ކާމިޔާބަކުން، އެމީހާ ކާމިޔާބުވެއްޖެއެވެ."

އެއަށްފަހު، ދަންނާށެވެ!

ފަހެ، ހަމަކަށަވަރުން އެންމެ ހެޔޮ، ރަނގަޅު ބަހަކީ، الله تعالىގެ ބަސްފުޅެވެ. (ކީރިތި ޤުރްއާނެވެ.) އަދި އެންމެ ހެޔޮ، ރަނގަޅު ހިދާޔަތަކީ، މާތް ރަސޫލާ -صلى الله عليه وآله وسلم-ގެ ހިދާޔަތެވެ. އަދި -އިސްލާމްދީނުގައި އުފެދިފައިވާ- ނުބައި އެންމެހައި ކަންކަމަކީ އަލަށް އުފެދިފައިވާ ކަންކަމެވެ. އަދި، އަލަށް އުފެދިފައިވާ ކޮންމެ ކަންކަމަކީ ބިދްޢައެކެވެ. އަދި، ކޮންމެ ބިދްޢައަކީ މަގުފުރެދުމެކެވެ. އަދި، ކޮންމެ މަގުފުރެދުމެއްވަނީ އަލިފާނުގައެވެ.

يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ * أَيَّامًا مَّعْدُودَاتٍ {البقرة: 183، 184} "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ."

الله تعالى ވަޙީ ކުރެއްވިއެވެ.

شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ {البقرة: 185} "رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!"

އޭ އެންމެހާ މުސްލިމުންނޭވެ! ހަމަކަށަވަރުން ރަމަޟާންމަހާއި ބައްދަލުވުމަކީ އެއީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އަދި الله تعالىގެ ޙަޟްރަތުންވާ ވަރަށްވެސް ބޮޑު ފަޟްލެކެވެ. މަތިވެރިކަމެކެވެ. ފަހެ އެމައްސަރުގެ ފުރަތަމަ ކޮޅުގައިވަނީ ރަޙްމަތެވެ. މެދުތެރޭގައިވަނީ މަޣްފިރަތެވެ. އަދި އެމައްސަރުގެ ފަހުކޮޅުގައިވަނީ ނަރަކައިން މުއްތި ކުރެއްވުމެވެ.

އެމައްސަރަކީ އެމައްސަރެއްގައި އިމާންކަމާއިއެކު ޘަވާބާއި ދަރުމައަށް އެދިގެން ރޯދަ ހިފައިފިމީހާގެ އިސްވެދިޔަ ފާފަތަށް ފޮހެވިގެންދާ މައްސަރެވެ. އަދި އެމައްސަރަކީ އެމައްސަރެއްގައި އީމާންކަމާއިއެކު ޘަވާބާއި ދަރުމައަށް އެދިގެން ރޭއަޅުކަންކޮށްފި މީހާގެ އިސްވެދިޔަ ފާފަތަށް ފޮހެވިގެންދާ މައްސަރެވެ.

أبوهريرة رضي الله تعالى عنهގެ ފަރާތުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "مَن صام رمضان إيمانًا واحتسابًا: غُفِر له ما تقدّم مِن ذنبه، ومَن قام رمضان إيمانًا واحتسابًا: غُفِر له ما تقدّم مِن ذنبه". "އީމާންކަމާއި އެކު ޘަވާބާއި ދަރުމައަށް އެދިގެން ރަމަޟާން މަހުގައި ރޯދަ ހިފައިފި މީހާގެ އިސްވެދިޔަ ފާފަތަށް ފުއްސެވޭ ހުއްޓެވެ. އަދި އީމާންކަމާއިއެކު ޘަވާބާއި ދަރުމައަށް އެދިގެން ރަމަޟާން މަހުގައި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެދިޔަ ފާފަތަށް ފުއްސެވޭ ހުއްޓެވެ."

އެމައްސަރަކީ އެމައްސަރު ވަދެއްޖެކަމުގައިވާނަމަ ސުވަރުގޭގެ ދޮރުކޮޅުތަށް ހުޅިވިގެންދާ، އަދި އެހެންމެ ނަރަކައިގެ ދޮރުތަށް ބަންދުވެގެންދާ؛ އަދި ޝައިޠާނުންތަށް ކަސްތޮޅު އެޅުވިގެންދާ މައްސަރެވެ.

އެމައްސަރަކީ އެމައްސަރެއްގައި އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ ހެޔޮކަން ބޮޑު ރެއެއް ލެއްވިގެންވާ މައްސަރެވެ. ފަހެ އެރެއިން މަޙްރޫމްވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙްރޫމްވެއްޖެއެވެ.

لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ * تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ * سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ * { القدر: 3-5.} "ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ."

އެމައްސަރަކީ އެމައްސަރެއްގައި ނަރަކައިން މުއްތިކުރެއްވުން ހިމެނިގެންވާ މައްސަރެވެ. މިއީ ކޮންމެ ރެއަކުމެއެވެ. އެމައްސަރަކީ އެމައްސަރުގައި ޖިހާދުގެ ސަފުތައް ރުކުރުވާލެވިގެންދާ މައްސަރެވެ. ފަހެ މާތް ނަބިއްޔާ صلى الله عليه وسلم އެމައްސަރުގައި ﷲ ގެ ޢަދުއްވުންނާއި ހަނގުރާމަ ކުރެއްވުމަށް، އާދެ މުޝްރިކުންނާއި ޖިހާދުކުރެއްވުމަށް ލަޝްކަރުތަށް ޖަމާކުރައްވާކަމުގައިވިއެވެ.

އޭ ﷲ ގެ އަޅުތަކުންނޭވެ! الله تعالى އަށް ކިޔަމަންތެރިކަން އަދާ ކުރުމުގައި މިމާތްވެގެންވާ މައްސަރުގެ އެންމެ އެދެވޭ ބޭނުން ހިއްޕަވާށެވެ! އަދި ދަންނާށެވެ! އެމައްސަރުގައި ކުރާ އަޅުކަންތަކުގެ އަޖުރު އެތަކެއް ގުނައަކަށް އިތުރުވެގެންވެއެވެ!

وَفِي ذَلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ { المطفّفين: 26} "ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ!"

އޭ އެންމެހާ މުސްލިމުންނޭވެ! ހަމަކަށަވަރުން الله تبارك وتعالى އަޅުގަނޑުމެން ޚަލްޤުކުރެއްވީ އެކަލާނގެ އެއްކައުވަންތަކުރުމަށެވެ. އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެކަލާނގެ ދީން ޤާއިމްކުރުމަށެވެ.

އެކަލާނގެ تعالى ވަޙީކުރެއްވިއެވެ.

وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ { الذاريات: 56} "ތިމަން ﷲ ޖިންނިންނާއި އިންސިން ތިމަން އިލާހަށް އަޅުކަންކުރަން މެނުވީ ނަހައްދަވަމެވެ."

އަދި الله تبارك وتعالى ވަނީ އެކަލާނގެ ޢަދުއްވުންނާއި ހަނގުރާމަ ކުރުމަށް، އެކަލާނގެ މަގުގައި ޖިހާދުކުރުމަށް، އާދެ! މިކަން ތަޙްޤީޤްކޮށް ދީން ޤާއިމްކުރުމަށް އަޅުގަނޑުމެންނަށް އަމުރުކުރައްވާފައެވެ.

އެކަލާނގެ تعالى ވަޙީކުރެއްވިއެވެ.

كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ { البقرة: 216} "ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. އެއީ، (އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ."

އެކަލާނގެ تعالى އަދިވެސް ވަޙީކުރެއްވިއެވެ.

وَقَاتِلُوهُمْ حَتَّى لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّه { الأنفال: 39} " ފިތުނަވެރިކަން (އެބަހީ ޝިރުކު) ނެތިފިލައިގޮސް، މުޅި دين ވަނީ، اللَّه އަށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ كافر ންނާ ހަނގުރާމަކުރަމުން ގެންދާށެވެ!"

އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން އެކަމަކަށްޓަކަށް ﷲ އަޅަމެން ޚަލްޤުކުރެއްވި މަޤްޞަދު އޭގެ އެންމެ މަތިވެރި ދަރަޖާގައި ޤާއިމްކުރެވޭހުށީ، އަދި الله تبارك وتعالى ގެ ދީން ޤާއިމްކުރެވޭހުށީ ހަމައެކަނި އެކަލާނގެ ޝަރީޢަތަށް ޙުކުމްކޮށްގެންނެވެ. އޭގެން ޙުކުމް ލިބިގަތުމުންނެވެ. އެކަލާނގެ ބާވައިލެއްވި ޙައްދުތަށް ޤާއިމުކޮށްގެންނެވެ. އަދި މިކަން ވާހުށީ ހަމައެކަނި ޤުއްވަތާއި ވެރިކަމުގެ ދަށުންނެވެ.

الله تعالى ވަޙީކުރެއްވިއެވެ.

لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ [الحديد: 25] "ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެ رسول ންނާއެކު، ފޮތާއި، عدل إنصاف ގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން عدل إنصاف قائم ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާނގައި اللَّه އާއި، އެކަލާނގެ رسول ންނަށް نصر ދެނީ ކާކުކަން اللَّه ދެނެވޮޑިގެންވެ، އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެއެވެ."

ފަހެ މިދީނުގެ ޤަވާމަކީ ތެދުމަގު ދައްކަވަނިވި ފޮތާއި ނަޞްރުދެނިވި ކަނޑިއެވެ. އަދި الله تبارك وتعالى ވަނީ ތިޔަބައިމީހުންގެ އަޚުން، އާދެ މުޖާހިދުންނަށް ނަޞްރާއި ފަތަޙައިގެ ނިޢުމަތް މިންވަރުކުރައްވާފައެވެ. ފަހެ އެބައިމީހުންނަށް الله تبارك وتعالى މިކަން މިންވަރުކުރެއްވީ އެބައިމީހުން ޖިހާދާއި، ކެތްތެރިކަމާއިއެކު الله ގެ ޢަދުއްވުންނާއި ކުރިމަތިލަމުން އަންނަތާ ގިނަ ދިގު އަހަރުތަކެއް ފަހުއެވެ. އަދި އެކަލާނގެ ވަނީ އެބައިމީހުންނަށް އެބައިމީހުންގެ މަޤްޞަދާއި ހަމައަށް ފޯރުމުގެ ތަޥްފީޤް ދެއްވާފައެވެ. ފަހެ، އެހެންކަމުން އެބައިމީހުން ޚިލާފަތު އިޢުލާން ކުރުމަށާއި އަދި އިމާމަކު ހޮވުމަށް އަވަސްެވެގަތެވެ. ފަހެ، މިއީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. މިވާޖިބު އަދާކުރުމަށް މުސްލިމުންވަނީ އެތަކެއް ޤަރުނުތަކެއްވަންދެން ނުކުޅެދިފައެވެ. އަދި އޭގެ ޙަޤީޤަތް ބިންމަތިން ފޮހެވިގެން ދިޔަ ކަހަލައެވެ. އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކުވަނީ އެކަމަށް ޖާހިލުވެފައެވެ. ފަހެ، އެކަން ނެތިދިއުމުންނާއި އަދި ފޮހެވިގެންދިއުމުގެ ސަބަބުން ފާފަވެރިވެއްޖެ މީހުންނަށް- އާދެ މުސްލިމުންނަށް އޮތީ އެކަން ޤާއިމްކުރުމަށް ގަދަ އަޅައި މަސައްކަތްކުރުމެވެ. އަދި އެމީހުންވަނީ އެކަން ޤާއިމްކޮށްފައެވެ. ولله الحمد والمنّة. ފަހެ މިމަތިވެރިވެގެންވާ މަސްޢޫލިއްޔަތުގެ ބަރުކަމާއި ބުރަކަން އަހުރެންގެ ކޮނޑުގައި މިވަނީ އެޅިފައެވެ. އަހުރެންގެ ކޮނޑުގައި އެޅިފައި މިވާ އަމާނާތުގެ ބަރުކަމާއި ބުރަކަން އަހުރެންނަށް މިވަނީ އުފުލަން ޖެހިފައެވެ. ފަހެ، އަހުރެން މިވަނީ ތިޔަބައިމީހުންގެ މައްޗަށް ވެރިއެއްކަމުގައި އިސްކުރެވިފައެވެ. އަދި އަހުރެންނީ ތިޔަަބައިމީހުންގެ ތެރެއިންވާ އެންމެ ހެޔޮވެގެންވާ މީހާއެއް ނޫނީމެވެ. އަދި ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ މަތިވެރިމީހާއެއްވެސް ނޫނީމުއެވެ. ފަހެ ތިޔަބައިމީހުންނަށް އަހުރެން ޙައްޤުގެ މަތީގައި ވާތީ ފެނިއްޖެ ހިނދެއްގައި އަހުރެންނަށް ވާގިވެރިވާށެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން ބާތިލުގެ މަތީގައި ވާތީ ފެނިއްޖެ ހިނދެއްގައި އަހުރެންނަށް ނަސޭހަތްތެރިވެ އަހުރެންނަށް މަގުދައްކާށެވެ. الله އަށް ކިޔަމަންތެރިކަން އަދާކުރުމުގައި އަހުރެންނަށް ކިޔަމަންތެރިކަން އަދާކުރާށެވެ. ފަހެ އަހުރެން އެކަލާނގެއަށް އުރެދިއްޖެކަމުގައިވާނަމަ އަހުރެންނަށް ކިޔަމަންތެރިކަން އަދާކުރުމެއް ނުވެއެވެ. ރަސްރަސްކަލުންނާއި އެހެންވެސް ވެރިން އެބައިމީހުންނަށް ތަބާވާމީހުންނަށް، އެބައިމީހުންގެ ރައްޔިތުންނަށް އަމާންބަނދަރަކަށް ވަޢުދުވާފަދައިން އަހުރެން ތިޔަބައިމީހުންނަށް ވަޢުދެއް ނުވާނަމަވެ. އެހެނަސް އަހުރެން ތިޔަބައިމީހުންނަށް ވަޢުދުވަނީ الله تبارك وتعالى އެކަލާނގެގެ މުއުމިނު އަޅުތަކުންނަށް ކުރައްވާފައިވާ ވަޢުދުންނެވެ.

وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُم فِي الأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لا يُشْرِكُونَ بِي شَيْئًا وَمَن كَفَرَ بَعْدَ ذَلِكَ فَأُولَئِكَ هُمُ الْفَاسِقُونَ [النور: 55] "ތިޔަބައިމީހުންގެ ތެރެއިން إيمان ވެ، صالح عمل ތައްކޮށް އުޅުނުމީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން خليفة ވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި خليفة ވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ دين، ހަމަކަށަވަރުން، އެބައިމީހުންނަށްޓަކައި تمكين ކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން، أمان ކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް، اللَّه وعد ކުރައްވާފައިވެއެވެ. އެއުރެން ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކޮށް، ތިމަންރަސްކަލާނގެއަށް އަޅުކަން ކުރެތެވެ. އެއަށްފަހު كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ فاسق ންނެވެ."

އަދިވެސް އެކަލާނގެ تعالى ވަޙީކުރެއްވިއެވެ.

وَلاَ تَهِنُوا وَلاَ تَحْزَنُوا وَأَنتُمُ الأَعْلَوْنَ إِن كُنتُم مُّؤْمِنِينَ * [آل عمران: 139] "ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمن ން ކަމުގައި ވާނަމައެވެ."

އަދިވެސް އެކަލާނގެ تعالى ވަޙީކުރެއްވިއެވެ.

إِن يَنصُرْكُمُ اللَّهُ فَلاَ غَالِبَ لَكُمْ [آل عمران: 160] "اللَّه، ތިޔަބައިމީހުންނަށް نصر ދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއްނެތެވެ."

އަދިވެސް އެކަލާނގެ تعالى ވަޙީކުރެއްވިއެވެ.

وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ [الروم: 47] "އަދި مؤمن ންނަށް نصر ދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށްއޮތް حق އެއް ކަމުގައިވެއެވެ."

އަދިވެސް އެކަލާނގެ تعالى ވަޙީކުރެއްވިއެވެ.

وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ المُنَافِقِينَ لَا يَعْلَمُونَ [المنافقون: 8] "عزّة ވަނީ، اللَّه އަށެވެ. އަދި އެކަލާނގެ رسول އާއަށާއި، مؤمن ންނަށެވެ. އެހެނެއްކަމަކު منافق ންނަކަށް (އެކަމެއް) ނޭނގެތެވެ."

މިއީ ﷲ ގެ ވަޢުދުފުޅެވެ. ފަހެ ތިޔަބައިމީހުން ﷲ ގެ ވަޢުދުފުޅު ބޭނުންކަމުގައި ވާނަމަ އެއިލާހަށް ތަޤްވާވެރިވެ އެއިލާހަށް ކިޔަމަންތެރިކަން އަދާކުރާށެވެ. ކޮންމެ ޙާލެއްގައި ވިޔަސް ކޮންމެ އަމުރެއްގައިވެސް މާތް ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ޙައްޤުގެ މަތީގައި ލާޒިމްވެ، ތިބާ ލޯބިވާކަންތައްތަކުގައިއާއި އަދި ނުރުހޭކަންތައްތަކުގައިވިޔަސް އޭގައި ފިސާރި ބާރަށް ހިފަހައްޓާށެވެ. ތިޔަަބައިމީހުން ﷲ ގެ ވަޢުދުފުޅު ބޭނުންކަމުގައިވާނަމަ ﷲ ގެ މަގުގައި ޖިހާދު ކުރާށެވެ. އަދި މުއުމިނުންނަށް އެކަމަށް ހިތްވަރުދޭށެވެ. އަދި މިދަތި އުނދަގުލުގައި ކެތްތެރިވާށެވެ. ފަހެ ތިޔަބައިމީހުންނަށް ޖިހާދުގެ އަޖުރާއި، މާތްކަމާއި، މަތިވެރިކަމާއި އަދި ދުނިޔެއާއި އާޚިރަތުގައި ވާ ޢިއްޒަތާއި ޝަރަފު އެނގޭނަމަ ތިޔަބައިމީހުން ތެރެއިން އެކަކުވެސް އެޖިހާދަށް ފަހެއް ނުޖެހޭނެކަން ކަށަވަރެވެ. ފަހެ އެއީ އޭގެން ދުނިޔެއާއި އާޚިރަތުގައި ޝަރަފު މަތިވެރިވެގެންދާ، އޭގެން ނިމަކެތިކަން ފިލައިގެންދާ، އެކަމަކަށް ﷲ މަގުދައްކަވާފައިވާ ވިޔަފާރިއެކެވެ.

تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنفُسِكُمْ ذَلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ * يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ذَلِكَ الْفَوْزُ الْعَظِيمُ * وَأُخْرَى تُحِبُّونَهَا نَصْرٌ مِّنَ اللَّهِ وَفَتْحٌ قَرِيبٌ وَبَشِّرِ الْمُؤْمِنِينَ * [الصف: 11-13]. "(އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفس ތަކުން اللَّه ގެ މަގުގައި ތިޔަބައިމީހުން جهاد ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ ތިޔަބައިމީހުން ވައްދަވާނެތެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައިވާ ރަނގަޅު ގޮވަތިގެދޮރުގައި ތިޔަބައިމީހުން ވަޒަންވެރި ކުރައްވާނެތެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ. އަދި ތިޔަބައިމީހުން އެއަށް ލޯބިވާނޭ އެހެން نعمة އެއް އެކަލާނގެ ދެއްވާނެތެވެ. (އެއީ) اللَّه ގެ حضرة ން ދެއްވާ نصر އަކާއި، އަދި ގާތްވެގެންވާ فتح އެކެވެ. އަދި ކަލޭގެފާނު مؤمن ތަކުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!"

أقول قولي هذا، وأستغفر الله لي ولكم، فادعوا الله وأنتم موقنون بالإجابة.

 

ދެވަނަ ޚުތުބާ:

الحمد لله حقّ حمده، والصلاة والسلام على مَن لا نبي بعده، وعلى آله وأصحابه وحزبه وجنده، ومَن تبعهم بإحسان إلى يوم اللقاء والدين، لا إله إلا الله وحده لا شريك له، صدق وعده، ونصر جنده، وهزم الأحزاب وحده، لا إله إلا الله وحده لا شريك له، مخلصين له الدين، ولو كره الكافرون.

އޭ ﷲ ގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުން ޤާއިމްކުރާށެވެ. އަދި ﷲ އަށް ތަޤްވާވެރިވުން ޙައްޤުގޮތުގައި ތަޤްވާވެރިވާށެވެ. އޭރުން ތިޔަބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ޢިއްޒަތް ލިބިގެންދާނެވެ. ތިޔަބައިމީހުން އަމަންއަމާންކަމަށް އެދޭނަމަ ފަހެ ﷲ އަށް ތަޤްވާވެރިވާށެވެ. ތިޔަބައިމީހުން ރިޒްޤު ތަނަވަސްވުމަށް އެދޭނަމަ ފަހެ ﷲ އަށް ތަޤްވާވެރިވާށެވެ. ތިޔަބައިމީހުން މާތްވެގެންވާ ޙަޔާތަކަށް އެދޭނަމަ ފަހެ ﷲ އަށް ތަޤްވާވެރިވާށެވެ އަދި ﷲގެ މަގުގައި ޖިހާދުކުރާށެވެ.

نسأل الله العظيم رب العرش العظيم أن يجمع كلمتكم، وأن يصلح ذات بينكم، وأن يهديكم لخير ما يحبه ويرضاه.اللهم أعز الإسلام والمسلمين، وأذل الشرك والمشركين، وانصر عبادك المجاهدين الموحّدين في مشارق الأرض وفي مغاربها، اللهم ثبّت أقدامهم، واربط على قلوبهم، وكن لهم عونًا ونصيرًا، اللهم سدد رميتهم، وسدد رأيهم، اللهم هيئ لهم مِن أمرهم رشدًا، واجعل معونتك الحسنى لهم مددًا، اللهم يا مقلّب القلوب: ثبّت قلوبنا على دينك، اللهم يا مصرّف القلوب: صرّف قلوبنا على طاعتك، اللهم طهّر قلوبنا مِن النفاق، وأعمالنا مِن الرياء، وألسنتنا مِن الكذب، وأعينَنا مِن الخيانة، اللهم إنا نسألك إيمانًا صادقًا، وقلبًا خاشعًا، وعملاً متقَبَّلاً، اللهم إنا نسألك العفو والعافية، والمعافاة الدائمة في الدين والدنيا، اللهم اجعل جمعَنا هذا جمعًا مرحومًا، وتفرّقنا مِن بعده تفرّقًا مبارَكًا معصومًا، ولا تجعل فينا ولا معنا شقيًّا ولا محرومًا، وآخر دعوانا أن الحمد لله رب العالمين، وصلى الله وسلّم وبارك على نبيّنا محمد، وأقم الصلاة.

 

ކިޔުންތެރިންގެ ހިޔާލު comment

ޝަބާ
Thumbs Up Thumbs Down
0
avatar
ކީރިތި ރަސޫލާއަށްފަހު، ޚަލީފާއަށް އަބޫބަކުރުގެ ފާނު އައްޔަށް ކުރުމަށް ނުސީދާގޮތުން ދެއްވާފައިވާ އިޝާރާތްތަކާއި ބެހޭގޮތުން މައުލޫމާތު ވަރަށް އަވަހަށް ބޭނުންވާތީ، އަޅުގަނޑަށް މިމަޢުލޫމާތު ފޯރުކޮށް ދެއްވުން އެދި އާދެހާއެކު ދަންނަވަމެވެ.
27 އޮކްޓޯބަރ 2014 22:40
total : 1 | displaying : 1 - 1
advertisement
ޓެގްސް