Home | ރިޔާސީ އިންތިޚާބު | އިންތިޚާބަށް ރަށްރަށަށް ގެންދާ ތަކެތި އުފުލުމުގެ މަސައްކަތް މިރޭ ފަތިހު ފަށާނެ

އިންތިޚާބަށް ރަށްރަށަށް ގެންދާ ތަކެތި އުފުލުމުގެ މަސައްކަތް މިރޭ ފަތިހު ފަށާނެ

ފުލުހުން ބުނެފައިވަނީ މިރޭ 12:00 އިން ފެށިގެން ފުލުހުން ތިބޭނީ ތައްޔާރީ ޙާލަތުގައި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އިންތިޚާބު ބޭއްވުމަށްޓަކައި އިލްކެޝަންސް ކޮމިޝަނަށް ބޭނުންވާ ކަންކަން އެކޮމިޝަނުން އެދިވަޑައިގަންނަވާ ގޮތަކަށް ފުލުހުން ގެންދަވަނީ އެކަން ކޮށްދެއްވަމުން ކަމަށެވެ. "މިގޮތުން ވޯޓުކަރުދާސްތައް ބަންދުކުރުމުގައި އިލެކްޝަންސް ކޮމިޝްންގެ މުވައްޒަފުން ޙަރަކާތްތެރިވާއިރު ފުލުހުންދަނީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. މީގެއިތުރުން އަތޮޅުތަކުގައި ވޯޓު ފޮށިތަކާއި އިލެކްޝަންސް ކޮމިޝަންގެ އެހެނިހެން ތަކެތި ބަހައްޓާފައިވާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައިވެސް ފުލުހުން ދަނީ ޙަރަކާތްތެރިވަމުންނެވެ." ފުލުހުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ހަމަޖައްސާފައިވަނީ މާދަމާ ހެނދުނުން ފެށިގެން އަތޮޅުތަކަށް ވޯޓުކަރުދާހާއި ވޯޓާބެހޭ އެހެނިހެން ސާމާނު ގެންދަން ފެށުމަށެވެ. މިތަކެތި ހިފައިގެން ފުރާ ފުރަތަމަ ގްރޫޕް ފުރާނީ ފަތިހު 05:30 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރު ބައެއް ޤައުމުތަކަށްވެސް މާދަމާ ފުރަން ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. އެކަމަށްވެސް ފުލުހުން ތިބީ ތައްޔާރަށް ކަމަށްވެސް ބުނެފައިވެއެވެ.

މިކަންކަމުގެ އިތުރަށް އިނގިލީގެ ނިޝާންގެ ޞައްޙަކަން ބެލުމަށް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގެ އެކްސްޕާޓުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.