Home | ލުއިޚަބަރު | ޣައްޒާ އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފި

ޣައްޒާ އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފި

image

ޣައްޒާގެ "އަލް ޝިފާ" ހޮސްޕިޓަލުގައި ފަލަސްތީނު އަންހެނަކު އެއް މާބަނޑު ހަތަރު ކުދިން ވިހައިފިއެވެ.

އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފަލަސްތީނު ޑޮކްޓަރެއް ކަމަށްވާ ޑރ. ބަސެލް އަބޫ ވަރުދާ މިއަދު ވަނީ އެ ކުދިންނާއިއެކު އޭނާ ނަގާފައިވާ ފޮޓޯއެއް ޓުވީޓުކޮށްފައިއެވެ. 

އޭނާގެ ޓްވިޓަރ އެކައުންޓުގައި ލިޔެފައިވަނީ "މި ހިތްދަތި ދަނޑިވަޅުގައި ޣައްޒާ އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފި" ކަމަށެވެ. 

އިޒްރޭލުން މިމަހު 8 ވަނަ ދުވަހު ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން "އަލް ޝިފާ" ހޮސްޕިޓަލުގެ މަގުބޫލުކަން ވަނީ މީޑިއާތަކުގައި އިތުރުވެފައެވެ. އެއީ ތަކެތީގެ ދަތި ކަމައިއެކު ވެސް އެ ހޮސްޕިޓަލުން އެތައް ބަޔަކަށް ފަރުވާދެމުން އަންނާތީއެވެ. އެ ހޮސްޕިޓަލަކީ ޣައްޒާގެ އެންމެ ޒަމާންވީ އެއް ހޮސްޕިޓަލެވެ. އިޒްރޭލުގެ ލާ އިންސާނީ ހަމަލާތަކުން ސަލާމަތް ވުމަށް އެތައް ބަޔަކު އެ ހޮސްޕިޓަލުގައި ވަނީ ބޯހިޔާވަހިކަން ހޯދައިފައެެވެ. 

އިޒްރޭލުން ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ 1065 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި 6000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައިއެވެ.