Home | ލުއިޚަބަރު | އެމެރިކާގެ މޯލްއަކުން 200 ޖަންގިޔާ ވަގަށް ނަގައިފި

އެމެރިކާގެ މޯލްއަކުން 200 ޖަންގިޔާ ވަގަށް ނަގައިފި

image

އެމެރިކާގެ ޖޯޖިއާގައި ހުންނަ މޯލްއަކުން 200 ވަރަކަށް ޖަންގިޔާ ވަގަށް ނަގާފައިވާ މައްސަލައެއް އެސަރަޙައްދުގެ ފުލުހުން ތަޙްޤީޤް ކުރަން ފަަށައިފިއެވެ.

ރިޗްމަންޑް ކައުންޓީ ޝެރިފްގެ އޮފިޝަލުން ހާމަކުރާގޮތުގައި އޮގަސްޓާ މޯލްގައި ހުންނަ ވިކްޓޯރިއާސް ސީކްރެޓްގެ ފިހާރައިން ޖަންގިޔާތައް ވަގަށް ނަގާފައިވަނީ މިދިޔަ ހޮނިހިރުދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައެވެ.

އޮގަސްޓާ ކްރޮނިކަލްއިން މައުލޫމާތު ދޭގޮތުގައި ސީސީޓީވީއިން ފެންނަ ގޮތުގައި ޖަންގިޔާތަށް ވަގަށް ނަގާފައިވަނީ ފިރިހެނެކެވެ.

ވިކްޓޯރިއާސް ސީކްރެޓްއިން ބުނާގޮތުގައި ވަގަށްނަގާފައިވާ މިޖަންގިޔާތަކުގެ އަގު 1900 އެމެރިކާ ޑޮލަރަށް އަރާނެއެވެ.