Home | ބޭރު ކުޅިވަރު | ސައުތެމްޓަންގައި މަޑުކުރަން ސްނެއިޑާލިން ނިންމައިފި

ސައުތެމްޓަންގައި މަޑުކުރަން ސްނެއިޑާލިން ނިންމައިފި

image

މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓުގައި އެހެން ކްލަބަކަށް ބަދަލު ނުވާނެކަމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ސައުތެމްޓަންއަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު މޯގަން ސްނެއިޑާލިން ބުނެފިއެވެ.

މިސީޒަނުގައި ލީގުގައި ސައުތެމްޓަން ހޯދަމުންދާ ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއް ވަމުން އަންނަ ސްނެއިޑާލިން ބުނީ ޖެނުއަރީގެ ޓްރާންސްފާގައި ކްލަބު ބަދަލު ކުރުމަކީ ވަަރަށް އުނދަގޫ ކަމެއްކަމަށެވެ."އަހަންނަށް ވިސްނޭ ގޮތުގައި މިސީޒަން ނިމެންދެން ސައުތެމްޓަންގައި އަހަރެން މަޑުކުރާނެ. ސީޒަން ނިމުުމުން ދެން ވާގޮތެއް ބަލަން ތިބެމާ ހިނގާ. ޓްރާންސްފާ ކަންތަކާ މިވަގުތު ވިސްނުމެއް ނެތް" ސްނެއިޑާލިން،25، ބުންޏެވެ.

ސްނެއިޑާލިން ގަތުމަށް މެން.ޔުނައިޓެޑާއި އާސެނަލް އާއި ލިވަޕޫލް އަދި ޓޮޓެންހަމް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.