ބަހަކަށް އަރަމުން ބިސްމި ކިއުމުން ޓެރަރިސްޓެއްކަމަށް ބުނެ ބަހުން ބާލައިފި

އެމެރިކާގެ ނިއުޔޯރކް ސިޓީގެ ބަހަކަށް އަރަމުން 10 އަހަރުގެ މުސްލިމު ކުޑަކުއްޖެއް ބިސްމި ކިއުމުން އެކުއްޖާއަކީ ޓެރަރިސްޓެއްކަމަށް ބުނެ ބަހުން ބޭލި މައްސަލަ އެކުއްޖާގެ އާއިލާއިން ކޯޓަށް ވައްދައިފިއެވެ.

އޮކްޓޯބަރު މަހުގައި ހިނގި މިޙާދިސާ ހިނގާފައިވަނީ 10 އަހަރުގެ ކުއްޖާ ނިއުޔޯރކް ބްރޫކްލިންގެ ޝީޕްޝެޑް ބޭ ގެ ސްކޫލަކުން ގެޔަށްދާން ވެގެން ބަހަށް އެރިވަގުތު ބަހަށް އަރަމުން ބިސްމި ކިޔިމުންނެވެ. އެކުއްޖާ ބިސްމި ކިއުމުން ބަސްޑްރައިވަރު ރުޅިއައިސް އެކުއްޖާއަކީ ޓެރަރިސްޓެއްކަމަށް ބުނެ ހަޅޭލަވައި އެކުއްޖާ ގަދަކަމުން ބަހުން ބޭލިއެވެ.

ކުއްޖާގެ އާއިލާއިން މިމައްސަލަވަނީ ސިޓީގެ ޓްރާންޒިޓް ސިސްޓަމުގައި ރިޕޯޓްކޮށްފައެވެ. ނަމަވެސް އެތަނުން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވުމުން ބްރޫކްލިން ގެ ފެޑެރަލް ކޯޓަށް އާއިލާއިން މައްސަލަ ވެއްދިއެވެ.

އެމެރިކާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ މިފަދަ ޖަރީމާތަކާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް، ކެއަރ އިން ވަނީ ކުއްޖާ ބިސްމި ކިއުމުން އެކުއްޖާއަކީ ޓެރަރިސްޓެއްކަމަށް ތުހުމަތުކޮށް އެކުއްޖާ ބަހުން ގަދަކަމުން ބޭލި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.އެމެރިކާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ މިފަދަ ކަންތައްތައް މިހާރުވަނީ އާންމު ކަމަކަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :