ކުވައިތު ސްޕޯޓްސްއާ ދެކޮޅަށް ނިއުރޭޑިއަންޓް މިރޭ ނުކުންނާނެ
އޭއެފްސީ ކަޕް ކުއާޓާފައިނަލުގެ ދެވަނަ ލެގުގައި އެންމެފަހުގެ ޗެމްޕިއަން ކުވައިތުގެ ކުވައިތުގެ ސްޕޯޓްސްއާ ދެކޮޅަށް މިރޭ ނުކުންނާއެވެ.
ދެވަނަ ލެގަށް ނުކުންނައިރު ފުރަތަމަ ލެގުގައި ނިއުރޭޑިއަންޓް ބަލިވެފައި ވަނީ 7-2 ގެ ބޮޑު ތަފާތަކުންނެވެ. އެހެންކަމުން ސެމީފައިނަލަށް ނިއުއަށް ދެވެން އޮތީ ފަސް ލަނޑުގެ ތަފާތަކުން މިރޭ މޮޅުވެގެންނެވެ.
ނިއުގެ ޑިރެކްޓަރ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ މިރޭ އެންމެ ބޮޑު އިސްކަމެއް ދޭނީ ނިއު ކޮޅަށް ގިނަ ލަނޑުތަކެއް ޖެހިޔަ ނުދިނުމަށްކަމަށެވެ.
"އަޅުގަނޑުމެންވެސް މިހާ ދިގު ދަތުރެއް ކޮށްފައި މިހިސާބަށް މިއައީ އުއްމީދެއް ނެތިއެއް ނޫން އިނގޭތޯ. އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭނީ ފަރަގު ކުޑަ ކުރަން" އަންވަރު ވިދާޅުވިއެވެ.
މިމެޗަށް ނުކުންނައިރު ފުރަތަމަ ލެގުގައި ދެއްކި ރަތްކާޑުގެ ސަބަބުން މުހިއްމު މިޑްފީލްޑަރު މުހައްމަދު އުމައިރަށް ނުކުޅެވޭއިރު ފުރަތަމަ ލެގުގައި ބެންޗުން ފޮނުވާލުމުގެ ސަބަބުން ނިއުގެ ކޯޗް ވެލީޒާ ޕޮޕޯފް ހުންނަން ޖެހޭނީ ބެންޗުން ބޭރުގައެވެ.
ކިޔުންތެރިންގެ ހިޔާލު