މަރުވެފައި އޮތް މީހަކު އަލިފުށީ ބޭރުން ފެނިއްޖެ

މަރުވެފައިވާ މީހަކު ރ. އަލިފުށްޓާ 20 މޭލު ބޭރުން ފެނިއްޖެ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި އެމީހާ ފެނިފައިވަނީ މިއަދު ހަވީރު 5:40 އެހައިކަންހާއިރު ކަމަށެވެ. އެމީހާ ފެނުނުއިރު ބައެއް ގުނަވަންތައްނެތް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ. އެހެން ކަމުން އެމީހާގެ ޖިންސް ވަކިކުރަންވެސް ނޭނގޭ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެމީހާގެ ހަށިގަނޑުން ސާމްޕަލްތައް ނެގުމަށްފަހު ވަޅުލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން މިހާރުދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. މި ހަށިގަނޑު ފުލުހުންވަނީ އިރުއޮއްސުނުގަޑީގައި އަލިފުށްޓަށް ގެނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :